ބ. އޭދަފުށީގެ ހިދުމަތްތެރިއެއް ކަމަށްވާ މުހައްމަދު އަލީ އިއްޔެ ނިޔާވިތާ 24 ގަޑިއިރު ނުވެ އޭނާގެ އަންހެން ކޮއްކޮ މިއަދު ނިޔާވެއްޖެ އެވެ.

އޭދަފުށީގެ ހުޅަނގުފަރާތު އަތިރިމަތީގައި ދެ ބުރިއަށް ހަދާފައި ހުރި ޗާލު މިސްކިތް ބިނާކުރެއްވި ޑޭޒީވިލާ، މުހައްމަދު އަލީ އުމުރުން 91 އަހަރުގައި ނިޔާވީ އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

އޭދަފުށިން މިއަދު ނިޔާވީ މުހައްމަދު އަލީގެ ހަގަށް ހުންނަ އަންހެން ކޮއްކޮ އައިމިނަތު އަލީ 85އ އެވެ.

އެއް އާއިލާއެއްގެ ދެ މީހެއްގެ މަރާއެކު އެ އާއިލާއަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

މުހައްމަދު އަލީ އާއި އައިމިނަތުގެ ކޮއްކޮއަކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ބޮޑުބޭބެއާއި ބޮޑުދައިތަގެ ވަކިވުމަކީ އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.