ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ތ. ގުރައިދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.
އިމިގްރޭޝަނުން ބުނީ ގުރައިދޫގައި ޕާސްޕޯޓުގެ ހިދުމަތް ތައާރަފުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.
"އެގޮތުން، ވިލުފުށި، ވޭމަންޑޫ ހިމެނޭހެން ތ. އަތޮޅުގެ ތިން ރަށަކުން މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބިލައްވާނެ." އިމިގްރޭޝަނުން ބުންޏެވެ.
އައިޑީކާޑާއި ޕާސްޕޯޓު އަވަހަށް ފޯރުކޮށްދިނުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް 2024 ނޮވެމްބަރު 16 ގައި ވަނީ އިފްތިތާހުކޮށްފައެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއްރަށުގައި އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވެއެވެ.
ފާތިމަތު ލިއުޝާ
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް