ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީން ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.
މިއަދު ހަވީރު ކުޅުނު މެޗަކީ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗެވެ. ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީން ގްރީން ސްޓްރީޓްސް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު ޔުނައިޓެޑް ވިކްޓްރީން ވަނީ ތާވަލުގެ ހަތް ވަނައަށް ޖެހިލައިފައެވެ. އެއީ ނުވަ މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އަށް ވަަނައިގައި އޮތް ކްލަބް ވެެލެންސިއާއަށްވެސް ހަތް ޕޮއިންޓް ލިބިފައިވާ އިރު، އެ ދެޓީމުގެ ފަރަގަކީ ފައިދާ ގޯލްގެ ފަރަގެވެ.
ލީގުގެ ފުރަތަމަ ބުރު ނިމުނު އިރު، ނުވަ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި އެންމެ ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށްވެސް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ.
ލީގުގައި މިވަގުތު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތީ އޮޑި ސްޕޯޓްސް ކްލަބެވެ. ތިންވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތް އިރު، ހަތަރު ވަނައިގައި އޮތީ ބުރު ސްޕޯޓްސް ކްލަބެވެ. ފެށުން ގޯސްކޮށް ދިޔަ ނަމަވެސް ކުޅުން ރަނގަޅުކުރަމުން އަންނަ ކްލަބު އީގަލްސް ފަސްވަނައިގައި އޮތް އިރު، ހަވަނައިގައި އޮތީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
މިއަދު ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓްރީން ލީޑު ނެގީ މުސްލިމް މުހައްމަދުގެ ގޯލުންނެވެ. އޭގެފަހުން ދެވަނަ ހާފުގައި މުސްތަފާ މަހްމޫދު އަލީ އެލްޝާޒްލީއާއި އާދަމް ޝިޔާން މުހައްމަދުގެ ގޯލްތަކުން ޔޫވީ މޮޅު ޔަގީންކުރި އިރު، ގްރީންގެ ހަމައެކަނި ގޯލް ޖެހިީ ރިލްވާން ވަހީދެވެ. އެއީ ޕެނަލްޓީއަކުންނެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު