ހުޅުމާލެ ފޭސް ދޭކުން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު، ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ 28 ވަނަ ދުވަހުގެ 05:55 އެހާކަންހާއިރު ޝިބާ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ހަމަ އެ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޝިބާ ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ އެކު އެކަމުގެ މައުލޫމާތު ފުލުހުންގެ ކަމާގުޅުން ހުރި ޑިޕާޓްމެންޓްތަކާ ހިއްސާކޮށް، ޝިބާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ޝިބާ ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޝިބާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ.