ސްކޫލު ދަރިވަރުންތަކެއް އިންޓަނެޓު މެދުވެރިކޮށް އެހެން ދަރިވަރަކަށް ބުލީ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ބަލަމުންދާ އިރު، އެ ދަރިވަރަށް ނިސްބަތްކޮށް، އެ ކުއްޖާގެ ފޮޓޯ ބޭނުންކޮށްގެން ޓިކްޓޮކާއި އިންސްޓަގްރާމްގައި ބުލީކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީވެފައެވެ.

ހަޑިހުތުރު ބަހުން އެ އެކައުންޓުގައި ކޮށްފައިވާ ބައެއް ޕޯސްޓްތަކުގައި އެ ކުއްޖާ އަމިއްލައަށް މަރުވާން ހިތްވަރު ދީފައިވާ އިރު، އެހެން ޕޯސްޓްތަކުގައި ވަނީ ކުއްޖާގެ ސިފައަށް މަލާމާތްކޮށް މަރުގެ އިންޒާރު ވެސް ދީފައެވެ.