ރާއްޖޭގެ 32 މީޑިއާއެއް ހިމެނޭހެން "ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފިއެވެ.

މި ޓެލެތޯނަކީ ބާރުގަދަ ތޫފާނެއް ކަމުގައިވާ "ދިތުވާ" އާ ގުޅިގެން އަވަށްޓެރި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ ބަޔަކު މަރުވުމާ އެކު އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެގައުމަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިޔަށްގެންދާ ޓެލެތޯނެކެވެ.

ޕީއެސްއެމްގައި މި ޓެލެތޯން ކުރިޔަށްގެންދަނީ މިއަދު ހެނދުނު 9:00 އިން މިރޭ މެންދަމު 1:00އާ ހަމައަށެވެ. އެ ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްއިއްޔާތަކަށާއި ޖަމާއަތްތަކަށާއި ކްލަބްތަކަށާއި އޮފީސްތަކަށް ވެސް ވަނީ ހުޅުވާލައިފައެވެ.

ޕީއެސްއެމްއިން ބުނީ އެ ޓެލެތޯނަށް ފައިސާ ހޯދުމަށް އެހީވުމަށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާ ކަމަށެވެ. އެކަމަށް ފަސޭހަ ކުރުމަށް ކިއުއާރު ކޯޑް ސްކޭންކޮށްގެން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އޭގެ އިތުރުން ބީއެލްއެލް އެކައުންޓަކާއި ޑޮލަތު އެކައުންޓެއްވެސް ވަނީ ހުޅުވައިފައެވެ. އަދި މިޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ހާއްސަ އެކައުންޓެއް ހަދާފައިވާއިރު އެކަން ކުރިޔަށްގެންދަނީ މިނިވަން އޮޑިޓް ފާމެއްގެ ބެލުމުގެ ދަށުން ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށް، ކްރޯ މޯލްޑިވްސްއިން ކަމަށް ވެސް ޕީއެސްއެމްއިން ބުންޏެވެ.

މިހާރުވެސް ގިނަ އަދަދަދެއްގެ ދިވެހި އާއިލާތައް ދިރިއުޅޭ ރާއްޖޭގެ އަވަށްޓެރި ލަންކާއަކީ ދިވެހިން އާންމުކޮށް ދަރުތު ކުރާ އެއްގައުމެވެ. އެކިއެކި ބަލިތަކަށް ފަރުވާހޯދުމަށާއި ޗުއްޓީ ހޭދަކޮށްލުމަށާއި އަދި ރަސްމީ ދަރުތުތަކުގައި ވެސް ލަންކާއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު ދަތުކުކުރާ މަންޒިލަކަށް ވަނީ ވެފައެވެ.

ޓެލެތޯންއަށް އެހީވާ ބީއެމްއެލް ޓްރާސްފާ ނަމްބަރު (ރުފިޔާ) 7730000796107

ޓެލެތޯންއަށް އެހީވާ ބީއެމްއެލް ޓްރާސްފާ ނަމްބަރު (ޑޮލަރު) 7730000796106