ރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާކުރުމާއި ސަވެއިލެންސްގެ މަސައްކަތަށް 82 ފޫޓްގެ ޕެޓްރޯލް ވެސަލްއެއް ޖަޕާނު ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހަދިޔާކޮށްފިއެވެ.
މި އުޅަނދު ހަދިޔާކުރުމަށް ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކަސްޓަމްސްގެ މިނިސްޓަރު، މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނެވެ.
މި އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މިސް އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދާ ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރު އަލީ އިހްސާނެވެ
މި ހަފްލާގައި ކޮމިޝަނަރު ޖެނެރަލް ފާތިމަތު ދިޔާނާ އާއި ކަސްޓަމްސްގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަށްފަހު، މިނިސްޓަރު އިހްސާން އާއި ޖަޕާނުގެ ސަފީރު މިސް އިޝިގާމީ ރުމީކޯ އަދި ރަސްމިއްޔާތުގައި ބައިވެރިވި ވަޑައިގެންނެވި އެންމެހާ ބޭފުޅުން، އުޅަނދު ބޭއްވިފައިވާ މާލޭ ކޮމާޝަލް ހާބަރަށް ވަޑައިގެން އުޅަނދު ބައްލަވާލެއްވިއެވެ.
މިއީ، ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށާއި ސަަވެއިލެންސްގެ މަސައްކަތަށް، ޖަޕާން ސަރުކާރުގެ "އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް" ގެ ދަށުން ހަދިޔާކުރި އުޅަނދެކެވެ.
މި އުޅަނދު އޮޕަރޭޓްކުރުމަށް ރޭވިފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް އާ މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންނެވެ.
މި އުޅަނދުގެ އޮޕަރޭޓްކުރުމަށް ބޭނުންވާ ތަމްރީންތައް ޖަޕާން އާއި ރާއްޖޭގައި ހިންގިފައިވާ އިރު، މި ތަމްރީން ޕްރޮޕްރާމްތަކުގައި ކަސްޓަމްސްގެ 23 އޮފިސަރަކު ބައިވެރިވެފައިވެއެވެ.
އަލީ ޔާމިން
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން