ގދ. ތިނަދޫގައި ހަށިވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތިނަދޫގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ އެކު ރޭ 11:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ތިނަދޫގެ ގެއެއް ބަލައިފާސްކޮށް، 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މީހުންވެސް ހައްޔަރުކުރީ ބަދުއަގުލާގީ އަމަލު ހިންގަމުންދަނިކޮށް ކުށުގެ ވެށިން ކަމަށެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފިރިހެން މީހާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އަންހެން މީހާގެ ބަންދަށް ހަތަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ފުލުހުން އަންނަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަލީ ޔާމިން
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ