މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ ޑރ. ހުސެއިން ސަނީ އުމަރު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިޔާތަކަށް ބުނީ އުމަރު، ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ނަމަވެސް އެކަން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.
އުމަރާކީ ޓްރެވަލް ގައިސް ޕްރައިވެޓް ލިމިޓެޑްގެ އެންމެ އިސް ފަރާތެވެ.
އޭނާގެ ކުންފުންޏަކީ މޯލްޑިވްސް ހަލާލް ޓްރެވަލް، ދަ އައިލެންޑް ޕޯސްޓް ފަދަ މަޝްހޫރު ޓުއަރިޒަމް ފޮތްތައް ނެރެ، މޯލްޑިވްސް ހަލާލް ޓްރެވަލްގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހިންގަމުން އަންނަ ކުންފުންޏެކެވެ.
އޭނާ ވަނީ ޓޫރިޒަމް މީޑިއާގެ އިތުރުން ވިޔަފާރި މައިދާނުގައި ވެސް މުހިންމު މަގާމުތައް ފުރުއްވައިފައެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް