ތޫފާނުގައި ސްރީލަންކާއިން މަރުވި މީހުންގެ އަދަދު 69އަށް އަރައިފިއެވެ.
ސްރީލަންކާއަށް ''ތޫފާން ޑިތްވާ'' އެރުމުގެ ސަބަބުން އެގައުމުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންވެފައިވާއިރު އާންމުން ވަނީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައެވެ.
ތޫފާން އެރުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގަދަވައިގެ ސަބަބުން ލިބުނު ގެއްލުންތަކާއި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކުގައި މިހާތަނަށް 69 މީހަކު މަރުވެފައިވާ ކަަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ އެކި ސަރަހައްދުތަކުން 30 އަށްވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށް ބުނެފައެވެ.
ލަންކާގެ ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ޑިސެމްބަރު 16 އިން ފެށިގެން އެގައުމަށް ވިއްސާރަ ކުރަން ފަށާފައިވާ ކަމަށާއި އޭގެ ފަހުން އެރި ތޫފާނުގެ ސަބަބުން މިހާތަނަށް 219،286 މީހަކަށް އެކަމުގެ ސީދާ އަސަރު ކޮށްފައިވާ ކަމަށެވެ. އެއީ 63،000 އާއިލާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު