ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށްބުނެ ފޭސްބުކުގައި އިންޒާރު ދިން މީހާ 10 އަހަރަށް ޖަލަަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ޖަލަށްލައިފައިވަނީ ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްއެވެ. ޔާފިސް ވަނީ 2021 ވަނަ އަހަރު ފޭސްބުކް މެދުވެރިކޮށާއި ފުުލުހުންގެ ތަހުގީގުގައި އަދި ކުރިމިނަލް ކޯޓުގެ ޝަރީއަތުގައި ނަޝީދު މަރާލާނެކަމަށް ބުނެ އިންޒާރުދީފައެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއެވެ.
އެ ދައުވާތަކަށް އިއުތިރާފުވެ ޔާފިސް ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެހެންވެ އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުގައި އިއްވާފައިވަނީ އިއުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް 10 އަހަރުގެ ޖަލު ހުކުމެކެވެ.
އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި ޔާފިސަށް އަންނާނީ ދެ އަހަރުގެ ޖަލު އަދަބެކެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުމުގެ ދައުވާގައި ތިން އަހަރުގެ ޖަލު އަދަބެކެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެކެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް