މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބަ ކިޔައިފިއެވެ.

ދެ މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެއަށް އައިސްފައި ވަނީ ވާޖިން އެޓްލާންޓިކުގެ ލަންޑަން-މާލެ ފްލައިޓުން ރާއްޖެ އައި އިނގިރޭސިވިލާތުގެ ބެތެނީ ސާރާއެވެ. އޭނާ ރާއްޖެ އައީ، ފިރިމީހާއާ އެކު ހަނީމޫނަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރުވެސް މެއެވެ.

ސާރާއަށް މަރުހަވާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ބައިވެރިވެލެއްވިއެވެ.

ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން -- ވަން ފޮޓޯ: ހަމްދާން އަހުމަދު

ސާރާގެ ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާނީ އދ. އައުޓްރިގާ މޯލްޑިވްސް މާފުށިވަރު ރިސޯޓުގައެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެއެވެ.

ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން -- ވަން ފޮޓޯ: ހަމްދާން އަހުމަދު