އުރީދޫ މޯލްޑިވްސް އިން ބޭނުންކުރަމުންދާ އީކޭވައިސީ (އިލެކްޓްރޯނިކް ނޯ ޔުއާ ކަސްޓަމާ) ސޮލިއުޝަން ގަތަރުގެ ދޯހާގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފިއެވެ.
އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި މިހާރު ބޭނުންކުރަމުން އަންނަ އެ ސިސްޓަމަކީ ޑިޖިޓަލް ހިދުމަތްތަކުގެ އިތުރަށް ފުރިހަމަކުރުމަށް އޭއައި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ސޮލިއުޝަންއެކެވެ.
އުރީދޫން ބުނީ އެ ސިސްޓަމް މެދުވެރިކޮށް އައިޑީ މައުލޫމާތު ނަގައި، ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށް، އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބި، މީގެ ކުރިން އެ ޕްރޮސެސް ކުރިއަށްދިޔަ ގޮތާ އަޅައި ބަލާއިރު ކަސްޓަމަރުންގެ ތަޖުރިބާ ފަސޭހަކޮށްދޭ ކަމަށެވެ.
ކަސްޓަމަރުންގެ ތަޖުރިބާ
- ފާސްޓް އޮންބޯޑިން: 60 ސިކުންތުން 10 ސިކުންތަށް ކުޑަކުރުން
- އިންސްޓަންޓް ސިމް އެކްޓިވޭޓްކުރުން: 90 ޕަސެންޓަށްވުރެ ގިނަ ރަޖިސްޓްރޭޝަން މިހާރު އޮޓޮމެޓިކުން އެޕްރޫވް ކުރެވޭ
- ފްރޯޑް މަދުވުން: ފޭކް އައިޑީ އަދި ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ފޮޓޯތައް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެ
- ފަސޭހަވުން: ފޯނު މެދުވެރިކޮށް ލައިނުގައި މަޑުނުކޮށް ވަގުތުން އެކްޓިވޭޓް ކުރެވުން
އިތުބާރާއި، ރައްކާތެރިކަމާއި، އެފިޝިއެންސީ ހަރުދަނާކުރުމުގެ ގޮތުން، އޭއައި ބޭނުންކުރެވޭ އެ ސިސްޓަމްގައި މަލްޓި ލޭޔާޑް ވެރިފިކޭޝަން ޕްރޮސެސްއެއް ހިމެނިފައިވެއެވެ. އެ ސިސްޓަމުން ކުރެވޭ ކަންކަމުގެ ތެރޭގައި ހިމެނެނީ؛
- ކެމެރާ ބޭނުންކޮށްގެން އައިޑީ އަދި ސެލްފީ ނެގުން
- އޭއައި އޯސީއާރު ބޭނުންކޮށްގެން މައުލޫމާތު އެކްސްޓްރެކްޓް ކުރުމާއި ވެލިޑޭޓް ކުރުން
- އެޑްވާންސްޑް ލައިވްނެސް އަދި އެންޓި-ސްޕޫފިން ޗެކްތައް
- ފޭސް ޓު އައިޑީ މެޗުކުރުން އާއި ޑޭޓާބޭސް ޗެކްކުރުން
- ކޮންފިޑެންސް ތްރެޝްހޯލްޑް އެޕްރޫވަލް ލިބުމާއެކު ވަގުތުން ސިމް އެކްޓިވޭޓް ކުރުން
އޭގެ އިތުރުން ދިހަ ސިކުންތުގެ ތެރޭގައި ނިންމާލެވޭ އެ ޕްރޮސެސްއާއެކު ކަސްޓަމަރުންނަށް ފުރިހަމަ ޑިޖިޓަލް، ޕޭޕާލެސް އަދި ސީމްލެސް އޮންބޯޑިން އެކްސްޕީރިއަންސްއެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލު ކަމަށްވުމުން، ގުދުރަތީ ރީތިކަމާ އެއްވަރަށް ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ މިޝަންގެ އެންމެ މުހިންމު އެއް ކަމަކީ ކޮންމެ ފަތުރުވެރިއަށާއި ދިވެހި ރައްޔިތުންނަށް އަވަސް، އިތުބާރު ހިފޭ ކަނެކްޓިވިޓީ އަދި ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ ކުރީގައި އުޅޭ ކުންފުންޏެކެވެ. ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކާއެކު، ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫން ދަނީ މަސައްކަތްކުރަމުންނެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް