ތައިލެންޑުގައި "މަރުވި" މީހަކު ވަޅުލާން އުޅެނިކޮށް ހޭއަރައިފިއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި މަރުވި އަންހެނެއްގެ ޖަނާޒާގެ ކަންކަން ކުރިޔަށް ދަނިކޮށް އެމީހާ ދިރިހުރިކަމަށް ފާހަގަ ވުމުން ޖަނާޒާ ވަނީ ހުއްޓާލައިފައެވެ.
ރިޕޯޓުތައް ބުނާގޮތުން އިއްޔެ ބެންކޮކުގެ ފައްޅިއެއްގައި ޖަނާޒާ ކުރިޔަށް ދަނިކޮށް އެމީހާ ސަންދޯކުގައި ޑަކި ޖަހަން ފެށި އެވެ. އެއާއެކު ޖަނާޒާ ހުއްޓުވައި އެމީހާ ސަލާމަތްކުރުމުގެ މަސައްކަތް ފެށިއެވެ.
އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނީ އެ ހާދިސާ ހިނގުމާއެކު ސަންދޯކުގެ މަތިގަނޑު ނެގި ކަމަށާއި އެވަގުތު އެއަންހެން މީހާ ލޯ ހުޅުވި ކަމަށެވެ. އަދި އެވަގުތުވެސް ސަންދޯކުގައި އެމީހާ ދިޔައީ ޓަކި ޖަހަމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 65 އަހަރުގެ އެމީހާގެ އާއިލާއިން ވަނީ އެމީހާ މަރުވުމުން ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިއުމަށް ހުއްދަ ދީފައިވާނެކަމަށް ބުނެފައެވެ. ނަމަވެސް ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިޔަ މީހުންނަށް އެމީހާގެ މަރުގެ ސެޓްފިކެޓް ލިބިފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
އަންހެން މީހާ ދިރިހުރިކަން އެނގުމާއެކު ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ޑޮކްޓަރުން ބެލިބެލުމުން އެމީހާގެ ހަކުރު ލެވެލް ދަށްވެ ހޭނެތުނީކަމަށް ފާހަގަވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
މަރު
މަރު
މަރު
މިކަހަލަ ހަބަރު ނުވާނެ ގެނެސްދޭކަށް. އެކަމަކު ވާނޭ ގެނެސްދޭން ވެސް.
ދެންނޭނގެ - 7 މަސް ކުރިން