ކ. ގިރިފުށި ތަރައްގީ ކުރުމުގެ މަޝްރޫއު ބާރަށް ކުރިޔަށް އެބަދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ގިރިފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން، ވެލި ބަންޑުގެ މަސައްކަތަށް ތައްޔާރުވުމަށް މަސައްކަތް ފަށައިގެން ކުރިޔަށްދާ ކަމަށެވެ.

ގިރިފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2022 ފެބްރުއަރީ ހަތްވަނަ ދުވަހު އެވެ.

އެ މަޝްރޫއުގެ ދަށުން 268 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 46 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާން ވަނީ ނިންމައިފައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.