ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމައި އެ މަޝްރޫއުގެ 54 ޕަސެންޓު މަސައްކަތް ވެސް ނިންމާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
ގުރައިދޫ އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މި އަހަރުގެ އޭޕްރީލް ނުވަ ވަނަ ދުވަހުގައެވެ.
އެމްޓީސީސީން މިއަދު ބުނީ އެ ސައިޓުގައި ޖިއޯބޭގް ފިލްކުރުމާއި އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްގެންދާ ކަމަށެވެ.
ތ. ގުރައިދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2024 ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
ފާތިމަތު ލިއުޝާ
ތ. ގުރައިދޫ
ތ. ގުރައިދޫ
ތ. ގުރައިދޫ
ތ. ގުރައިދޫ