ތ. ގުރައިދޫގައި އިމާރާތް ކުރާ ހޮސްޕިޓަލުގެ ބިންގާ އަޅައިފިއެވެ.

ގުރައިދޫ ހޮސްޕިޓަލުގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖުމުލަ 30 އެނދުގެ އެ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

މީގެ އިތުރުން މިއަދު ވަނީ މާލެ އިން ބޭރުގައި ސަރުކާރުން ބެހެއްޓި ފުރަތަމަ ޑީކޯ ޗެމްބަރު އެ ރަށުގައި ހުޅުވައިފައެވެ.

ގުރައިދޫގައި ޑީކޯ ޗެމްބަރު ހުޅުވައިދެެއްވީ ރައީސް މުއިއްޒުއެވެ. ޑީކޯ ޗެމްބަރު ހުޅުވީ އެމްއެންޑީފްގެ ހޮސްޕިޓަލް ސެނަހިޔާ ހައިޕާބެރިކް ސެންޓަރުގެ ނަމުގައެވެ.