މެލޭޝިޔާގައި 16 އަހަރުން ދަށުގެ ކުދީންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، މެލޭޝިއާއިން ނިންމައިފައިވަނީ 16 އަހަރުން ދަށުގެ ކުދީން ސޯޝިއަލް މީޑިއާ ބޭނުންކުރުން އަންނަ އަހަރު މަނާ ކުރާށެވެ.

މެލޭޝިޔާގެ ކޮމިޔުނިކޭޝަން މިނިސްޓަރު ފަހުމީ ފަދްޒިލް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި، އެ ގައުމުގެ ކެބިނެޓުން އަންނަނީ މި ކަމާ ގުޅޭ ގިން ކަންތައްތަކެއް ދިރާސާ ކުރަމުންނެވެ.

ފަހުމީ ވިދާޅުވީ ސަރުކާރާއި އިދާރާތަކުގެ އިތުރުން އާންމުންގެ އެހީތެރިކަން ލިބިއްޖެ ނަމަ މެލޭޝިއާގެ އިންޓަނެޓްގެ ހިދުމަތް ފުރިހަމަވެ ރައްކާތެރިވެގެންދާނެ ކަމަށެވެ. ހާއްސަކޮށް ކުޑަކުދީންނާއި އާއިލާތަކަށް އެކަމުގެ ރައްކާތެރިކަން ކަށަވަރުކުރެވިގެން ދާނެ ކަން ފާހަގަކުރެއްވިއެވެ.

މެލޭޝިއާއިން އަންނަ އަަހަރުން ފެށިގެން ސޯޝަލް މީޑިއާ 16 އަހަރުން ދަށަށް މަނާ ކުރި ނަމަވެސް އެކަން ކުރާނެ ސީދާ ތާރީހެއް ހާމަކޮށްފައިނުވެއެެވެ.