އުރުދުން އާއި ފަލަސްތީނަށް ރާއްޖޭން އައްޔަންކުރާ ސަފީރުން ކަނޑައެޅުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އުރުދުންއަށް ކަނޑައަޅާ ރާއްޖޭގެ ސަފީރަކަށް ޑރ. ހާލާ ހަމީދު، އަދި ފަލަސްތީނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް ޑރ. އިބްރާހީމް ޒުހުރީ އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލިސް އަށް ފޮނުއްވައިފައެވެ.
އެބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު މަޖިލީހަށް އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ޑރ. ހާލާއަކީ މިހާރުވެސް ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހާލާ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ބައިލެޓްރަލް ސެކްރެޓަރީގެ މަގާމުގައެވެ.
ޒުހުރީއަކީވެސް ހާރިޖީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ.
އިބްރާހިމް ޒަކީ
ހާރިޖީ ގުޅުން
ހާރިޖީ ގުޅުން
ހާރިޖީ ގުޅުން
ހާރިޖީ ގުޅުން