ޖަޕާނުން މިސައިލުތައް ޓައިވާނާ ގާތަށް ޖައްސައިފިއެވެ.
ޖަޕާނާއި ޓައިވާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ޖަޕާނުން ވަނީ ޓައިވާނާއި ކައިރި ސަރަހައްދުގައި އޮންނަ ޖަޕާނުގެ މިލިޓަރީ ބޭހަކަށް މިސައިލުތައް ގެންގޮސްފައި ކަމަށް ޖަޕާނުގެ ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޖަޕާނުގެ ޑިފެންސް މިނިސްޓަރު، ޝިންޖީރޯ ކޮއިޒޫމީ ވިދާޅުވީ މިސައިލުތައް އެ ސަރަހައްދަށް ގެންދިއުމަކީ އެ ގައުމަށް ހަމަލާއެއް އައުމުގެ ފުރުސަތު ކުޑަވާނެ ކަމެއްކަމަށެވެ.
ޖަޕާނުގެ ދެކުނުން އޮންނަ ޔޮނާގޫނީ އައިލެންޑްގައި ގާއިމްކޮށްފައިވާ މިލިޓަރީ ބޭހަށް އެ ގައުމުން ޖަމާކޮށްފައިވަނީ މީޑިއަމް ރޭންޖު ސާފޭސްޓު އެއާ މިސައިލުތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓައިވާނާ 110 ކިލޯމީޓަރު ދުރުގައި އޮންނަ ޔޮނާގޫނީ އައިލެންޑް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާއިރު ޖަޕާނުން ވަނީ ޗައިނާއިން މިލިޓަރީ ބާރު އިތުރުކުރުމާއި ޓައިވާނާއި ޗައިނާގެ ހަނގުރާމައެއް ފެށިދާނެ ކަމަށް ތައްޔާރުވާން ފަށައިފައެވެ.
ރިޕޯޓުތައް ބުނާގޮތުން ޖަޕާނުން ހަތިޔާރުތައް ތައްޔާރީ ހާލަތަކަށް ގެނައުމަކީ ޗައިނާއިން ޓައިވާނަށް ހަމަލާ ދޭ ހާލަތަކަށް ވިސްނައި އެ ގައުމުގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްކަމަށް ފާހަގަކޮށްފައެވެ.
މުހައްމަދު އައުޒަމް
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން