މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ "އަލިމަގު" އޮޕަރޭޝަންގައި 110 މީހުން ހައްޔަރުކޮށް، 23 މިލިޔަން ރުފިޔާގެ ތަކެތި އަތުލައިގެންފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން "ސަންގު ޓީވީ" އަށް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް އޮތީ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމާއި މި ތަކެތި ވިއްކާ ފަރާތްތައް ހުއްޓުވުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އޮޕަރޭޝަން "އަލި މަގު" ގެ ނަމުގައި މިމަހުގެ 13 ވަނަ ދުވަހު ފުލުހުން ފެށި އޮޕަރޭޝަންގައި 110 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި 23 މިލިޔަން ރުފިޔާގެ ތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ހަ މަސް ދުވަހުގެ އިންޓެލިޖެންސަށް ބިނާކޮށް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައި ތަންތަންވެސް ބަންދުކުރި ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ވިދާޅުވީ، ދެން އޮތީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް މި ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ ބޮޑެތި ވިޔަފާރިވެރިންނާ ހަމައަށް ދިޔުން ކަމަށާއި އެފަދަ މީހުން ރައްޔިތުންނަށް ދީފައި ހުރި ބޮޑެތި ގެއްލުންތަކަށް ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް