އަންނަ ޖެނުއަރީ މަހު ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ.
ސާފުން މުޅިން އަލަށް ބާއްވާ ފިރިހެން ފުޓްސަލް މުބާރާތާއި އަންހެން ފުޓްސަލް މުބާރާތްވެސް އޮންނާނީ އަންނަ އަހަރު ޖެނުއަރީގައެވެ. އަންހެން މުބާރާތް ޖެނުއަރީ 13 އިން 25 އަށް ކުރިއަށްދާ އިރު، ފިރިހެން މުބާރާތް އޮންނާނީ ޖެނުއަރީ 14 އިން 26 އަށެވެ.
އެ ދެމުބާރާތްވެސް އޮންނާނީ ތައިލެންޑްގެ ބެންކޮކު ގައެވެ. އެއީ ނޮންތަބުރީ ސްޓޭޑިއަމްގައެވެ.
ސާފް އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތްވެސް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ފިރިހެން ފުޓްސަލް މުބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝްއާއި ބޫޓާން، ރާއްޖެ، އިންޑިއާގެ އިތުރުން ނޭޕާލާއި ޕާކިސްތާން އަދި ސްރީ ލަންކާއެވެ. އަދި އަންހެން މުބާރާތުގައިވެސް ވާދަކުރާނީ އެ ގައުމުތަކެވެ.
އަންހެން ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. ފިރިހެން މުބާރާތުގައި ރާއްޖެއިން ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނަ އިރު، ދެ މުބާރާތުގެ ޗެމްޕިއަންކަންވެސް ކަނޑައަޅާނީ ލީގު އުސޫލުންނެވެ.
މިިއީ ސާފުން އިސް ނަގައިގެން ފުޓްސަލް މުބާރާތްތަކެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި ރީޖަންގެ ގައުމުތަކުގެ ފުޓްސަލް އިތުރަށް ކުރިއެރުވުމަށް ސާފުން މަސައްކަތް ކުރަމުންދާ އިރު، އިތުރު ފެސިލިޓީތައް ތަރައްގީ ކުރުމަކީވެސް ސާފްގެ އަމާޒެކެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް