އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށްގެންދާ މައްސަލައަކަށް ބޭނުންވާ ސިއްރު މައުލޫމާތުތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދީފިއެވެ.
އެ ކޮމިޝަނަށް އެ މައުލޫމާތުދޭން ކޮމިޓީން އިއްޔެ ނިންމީ، ކޮމިޝަނުން ތަހުގީގުކުރަމުންގެންދާ މައްސަލައަކާ ގުޅުންހުރި އެއްވެސް އާ މައުލޫމާތެއް ކޮމިޓީއަށް ލިބިފައިވާނަމަ އެ މައުލޫމާތު ކޮމިޝަނާ ހިއްސާކޮށްދެއްވުމަށް އެދި ފޮނުވި ސިޓީއަކާ ގުޅިގެން ކޮމިޝަނުން މަޝްވަރާކުރުމަށްފަހުގައެވެ.
އެ މައުލޫމާތުތައް އޭސީސީއާ ހިއްސާކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
ކޮމިޓީން އޭސީސީއާ ހިއްސާކުރި ސިއްރު ލިޔެކިޔުންތައް އެހެން ފަރާތަކާ ހިއްސާ ނުކުރުމަށް އެ ކޮމިޝަނަށް އެންގުމަށްވެސް، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ހުށަހަޅުއްވައި، ކެލާ ދާއިރާގެ މެންބަރު ތާއީދު ކުރައްވައިގެން ކޮމިޓީން ފާސްކުރިއެވެ.
ނަމަވެސް އެއީ ސިއްރު މައުލޫމާތުތަކަަކަށްވާތީ، އޭސީސީން ތަހުގީގު ކުރަމުންދަނީ ކޮން މައްސަލައެއްްކަމެއް، އަދި އެއީ ކޮން މައުލޫމާތުތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އޭސީސީން ތަހުގީގުކުރަމުންދާ ބައެއް މައްސަލަތައް، މާލިއްޔަތު ކޮމިޓީން ވެސް ބަލަމުން ގެންދެއެެވެ.
އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލަ އާއި ޕޮލްކޯގެ ޕޮލިސް ޕްލެޓްތަކުގެ މައްސަލަތައް ފާހަގަކޮށްލެވެއެވެ.
އިބްރާހިމް ޒަކީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ