މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 442 އޮޑިޓެއްގެ މަސައްކަތް އެއްކޮށް ނިންމައި އާންމުކުރެވޭނެ ކަމަށް އޮޑިޓާ ޖެނެރަލް އޮޑިޓާޖެނެެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓާ ޖެނެެރަލް މިހެން ވިދާޅުވީ، އަންނަ އަހަރަށް އޮޑިޓް އޮފީހަށް ބޭނުންވާ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިދިޔަ ހަފުތާގައި ހުށަހެޅުއްވަމުންނެވެ.
އޮޑިޓް އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ނިޔާޒީ ވިދާޅުވީ، އަހަރުގެ މިހާތަނަށް 183 އޮޑިޓެއްގެ މަސައްކަތް އެއްކޮށް ނިންމައި އާންމުކޮށްފައިވާނެ ކަމަށެވެ.
އޭގެ ތެރޭގައި ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާ ގުޅުންހުރި 35 އޮޑިޓަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅުންހުރި 34 އޮޑިޓެއްގެ އިތުރުން ކައުންސިލްތަކާ ގުޅުންހުރި 62 އޮޑިޓެއް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހާއްސަ 8 އޮޑިޓަކާއި، އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭ 5 އޮޑިޓާއި ޕަބްލިކް ފަންޑާއި ސްކީމްތަކާ ގުޅޭ 3 އޮޑިޓާއި މާލީ އިދާރާތަކާ ގުޅޭ 3 އޮޑިޓާއި ޕާފޯމަންސް އޮޑިޓެއްގެ އިތުރުން ބަޖެޓާއި ފިސްކަލް އަދި ދަރަންޏާ ގުޅުންހުރި އޮޑިޓެއް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 259 އޮޑިޓެއް ނިންމާލެވޭނެ ކަމަށެވެ.
މި އޮޑިޓްތަކާއެކު މިއަހަރު ނިމޭއިރު ޖުމްލަ 442 އޮޑިޓް އާންމުކުރެވޭނެ ކަމަށާއި، މިހާރު ކުރިއަށްދާ އޮޑިޓްތަކުގެ ތެރެއިން 120 އޮޑިޓެއްގެ މަސައްކަތް ނިމޭނީ އަންނަ އަހަރު ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން އެ މަސައްކަތްތަކާއެކު އަންނަ އަހަރުގެ ތެރޭގައި ޖުމްލަ 394 އޮޑިޓެއްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އޮޑިޓާ ޖެނެރަލް
އޮޑިޓާ ޖެނެރަލް
އޮޑިޓާ ޖެނެރަލް
ކޮމެންޓް