މާލޭގެ ގެއެއްގެ ތެރޭގައި އުމުރުން 18 އަހަރުގެ ޒުވާން އަންހެނަކު ރަހީނުކުރުމަށްފަހު އޭނާއަށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ފޯ ސީޒަން، އަހުމަދު އާހިލް މުނާޒު، 19އ ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
އާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ރަހީނުކޮށް އަންހެނަކަށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކުރި އިރު، މިދިޔަ އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު 24 އަހަރުގެ އަންހެނަކަށް ޖިންސީ އަނިޔާ ލިބިފައިވާ ހުރި ކަމަށް ތުހުމަތުވާ މައްސަލައެއްވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް