މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ބިދޭސީއަކާއި ދެ ދިވެއްސަކު ހައްޔަރުކޮށްފިއެެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރީ ނ. ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ މީހަކާއި ފ. ބިލެތްދޫން ދެ މީހަކު ކަމަށެވެ.
މާލެއިން ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ވެލިދޫން ހައްޔަރުކުރީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ގުރުދީޕް ސިންހު (30އ) އެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ގުޅިގެން ގުރުދީޕް ހުއްޓުވީ މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވެލިދޫ ބަނދަރުމަތިން ކަމަށެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނަކީ 41.6 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ގުރުދީޕް ސިންހުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ކަމަށެވެ.
ފ. ބިލެތްދޫން މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ފ. ބިލެތްދޫ / ޑޭޒީމާގެ، ނަޒަވާން ނާފިއު (22އ) އާއި، ފ. ބިލެތްދޫ / ޗާންދަނީ ވިލާ، އައިމަން ނަޝީދު (26އ) އެވެ. އެ ދެ މީހުން ހައްޔަރުކުރީ ބިލެތްދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ބޭނުންކުރަން ތިބިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ބިލެތްދޫ ޕޮލިހުން ހިންގި އެ އޮޕަރޭޝަންގައި އެ ދެމީހުން ހައްޔަރުކޮށް އެ މީހުން ތިބި ކޮޓަރި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ އެ ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ފާތިމަތު ލިއުޝާ
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ނަސީބެއްތާ؟ ގޭންގެއް ނެތްކަން...ކުއްލިއަކަށް ގޭންގް ހުއްޓާލާފަ މިހާރު ގްރޫޕް ތަކަށް ބަދަލުވީ.
ހުދުހުދު - 7 މަސް ކުރިން