ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް، ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ޓޫރިސްޓު ހޮޓަލް ހެދުމަށް ހަމަޖެހިފައިވަނީ 71،832 މީޓަރުގެ ބިމެއްގައި ކަމަށެވެ.
ބާރަށުގައި، ޓޫރިސްޓު ހޮޓަލެއް ހަދައި އެތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 23 ވަނަ ދުވަހުގެ 10:00 ގައި ބާއްވާ އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވާންވާނެ ކަމަށެވެ. އެއަށްފަހު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަންވާނެ ކަމަށެވެ.
ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް، އެތަނުން ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް