ސަރުކާރުގެ ޓެކްސީ ހިދުމަތް ފަށަން މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 400 އަށްވުރެ ގިނަ ޑްރައިވަރުން ހޯދަން އިއުލާނުކޮށްފިއެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް، އެންމެ ލަސްވެގެން އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާނެ ކަމަށެވެ.
އެމްޓީސީސީން މިއަދު ބުނީ ގްރެޓާ މާލެ ސަރަަހައްދަށް ޕާޓްޓައިމް އަށް 122 ޑްރައިވަރުން އަދި ފުލްޓައިމްއަށް 285 ޑްރައިވަރުން ހޯދާ ކަމަށެވެ.
އެ މަސައްކަތަށް ޖުުމުލަ 407 ޑްރައިވަރުން ބޭނުންވާ ކަމަށާއި އެ ވަޒީފަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުންޏެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާ އަދާކުރަން ޖެހެނީ މާލެ ސަރަހައްދުގައެވެ. އެ ވަޒީފާތައް ދިނުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ