ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ ކުޑަ އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައަކީ އެމްއެންޑީއެފްގައި އުޅޭ މީހަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާގެ ދެ އަންހެން ދަރިންނަށް ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކައި ގްރޫމްކޮށްގެން ޖިންސީ ގޯނާކުރި މައްސަލައެކެވެ.