މިމަހުގެ ތިންވަނަ ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ މީހުން މަރުވި ހާދިސާ ހިނގީ އެމްޕީއެލްގެ ހާލަތު ދަށްކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ކޮޅުވެއްޓި ބަންޑުން ޖަހައިލި ހާދިސާގައި ކަން ހިނގައިދިޔަ ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވެސް ނާޒިމް ވަނީ ހުށަހަޅުއްވައިފައެވެ.
އެ ކޮމިޓީގައި ވެސް ހިމެނީ ވަޑައިގަންނަނާ ނާޒިމް މިއަދު ވިދާޅުވީ، އެމްޕީއެލްގެ މައްސަލައެއް މަޖިލީހުގެ ކޮމިޓީތަކުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ވިދާޅެއް ނުވެއެވެ.
ނާޒިމް ވިދާޅުވީ، އެ މައްސަލައިގެ ތެރެއިން ފެނުނީ ކުންފުންޏެއް މެނޭޖު ކުރަންވާ ގޮތް ނޫން ގޮތްގޮތަށް މެނޭޖު ކުރުމުގެ މިސާލެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ މިއަދު އެމްޕީއެލްގައި އެކައްޗެއް ވެސް ނެތް ކަމަށާއި އެތަނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
"އެންމެ ފަހުން ވެސް އިހަށް ދުވަހު ހިނގި ހިތާމަވެރި ހާދިސާ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާ ދިމާވީ ވެސް އެ ބޯޓުން ބޭލި މުދާ ހިފަހައްޓާވަރުގެ ސްޓްރެންތު، މިހާރު އޮތް ކީވޯލްގައި ނެތިގެން، ބޯޓު ކައިރިކުރާ މަގަތުފާލަމުގައި ނެތް އެ މުދާ ބޭލޭހާ، ބަރުދަން ހިފެހެއްޓޭހާ މިންވަރެއް،"
ނާޒިމް ވަނީ ބަޖެޓް ކޮމިޓީގެ ފަރާތުން އެ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއެކު އިއްޔެ އެމްޕިއެލްއަށް ޒިޔާރަތް ކުރައްވައި އެ ކުންފުނީގެ ހާލަތު ބައްލަވާލައްވައިފައެވެ.
އެއީ ކޮންޓެއިނާ ސްކޭނަރެއް ވިޔަފާރި ބަނދަރުގައި ބެހެއްޓުމާ ބެހޭގޮތުން، ބަޖެޓް ކޮމިޓީ ކުރަމުންދާ މަސައްކަތްތަކުގެ ތެެރެއިންނެވެ.
އިބްރާހިމް ޒަކީ
އެމެރިކާ
ހޮލީވުޑް
އިނގިރޭސިވިލާތް