އެސްޓީއޯއިން އަލަށް ގެންނަ ބައިނަލްއަގުވަމީ ތެޔޮ ޓޭންކަރާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
އެސްޓީއޯއިން ގެންނަ 27000 ޓަނުގެ އެ ތެޔޮ ޓޭންކަރުގައި މަސައްކަތްކުރުމަށް ތަޖުރިބާކާރު ކްރޫއިން ހޯދުމަށް މިހާރު ވަނީ އިއުލާނުކޮށްފައެވެ.
އެސްޓީއޯއިން ބުނީ މިފަހަރު ހުޅުވާލި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި މެރިޓައިމް ދާއިރާއިން މެސްބޯއިގެ މަގާމުން ފެށިގެން މާސްޓާގެ މަގާމާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެސްޓީއޯއިން ހުޅުވާލި މަގާމުތައް:
- ޗީފް އިންޖިނިއަރު
- ޗީފް އޮފިސަރު
- އިލެކްޓްރިޝަން
- ވެލްޑަރު
- ސީމެން
- ބޯސަން
- ކައްކާ
- މާސްޓާ
- މެސްބޯއި
- އޮއިލާ
އެސްޓީއޯއިން ބުނީ އޭގެ އިތުރުންވެސް ގިނަ މަގާމުތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތުތަކަކީ މަރިޓައިމް ދާއިރާއިން ކުރިއަށްދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނުހަނު އަގުހުރި ފުރުސަތެއް ކަމަށެވެ. އެ މަގާމުތަކަށް މުސާރައިގެ ގޮތުގައި، ވަޒީފާ އަދާކުރާ މަގާމަށް ބިނާކޮށް 16،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއަކީ ކޮންމެ ދާއިރާއަކުންވެސް މުވައްޒަފުން ކުރިއެރުމަށް މަސައްކަތްކުރާ، އެފަދަ ފުރުސަތުތަށް ހޯދައިދޭ ކުންފުންޏެކެވެ. އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން، އެސްޓީއޯގެ ޖޮބް ޕޯޓަލް https://sto.mv/careers މެދުވެރިކޮށް މަގާމުގަތަކަށް ކުރިމަތިލުމަށް އެ ކުންފުނިން އެދެއެވެ.
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ