އުރީދޫގެ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ޗެޓްބޮޓު މެދުވެރިކޮށް ދޮންހިޔަލައާ ވާހަކަ ދައްކާލުމުގެ ފުރުސަތު މިމަހު އޮންނާނެ ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ފަރުމާކުރީ ދިވެހި ފޯކްލޯ ވާހަކަތަކުގެ އެކި ޝަހުސިއްޔަތުތަކަށެވެ.

މި ނޮވެމްބަރު މަހު އުރީދޫގެ ކަލަންޑަރު އަދި އޭއައި ޗެޓްބޮޓުން ބައްދަލުކުރާނީ ދޮން ހިޔަލައެވެ. އުރީދޫން ވަނީ އޭއައި މެދުވެރިކޮށް އެ ޝަހުސިއްޔަތުތަކާ ވާހަކަދެކެވޭ ގޮތް ފަހިކޮށްދީފައެވެ.

ދޮންހިޔަލަ ވާހަކައިގައިވާ ގޮތުން، އާދަޔާ ހިލާފު ރީތިކަމެއް ލިބިފައިވާ ފަތްމިނި ދޮން ހިޔަލަ އޭނާގެ މައިންބަފައިން ގެންގުޅުނީ އެމީހުންގެ ރަށް ބުރުނީގައި ފޮރުވައިގެންނެވެ. ނަމަވެސް ހުޅުދެލީގެ ހިތްވަރުގަދަ ޒުވާނެއް ކަމަށްވާ އަލިފުޅު އޭނާ ދެކެ ވަރަށް ލޯބިވެއެވެ.

ހުރިހާ ގޮންޖެހުމަކާއެކު އެ ދެ މީހުން ކައިވެނި ކުރެއެވެ. ނަމަވެސް އެމީހުންގެ އުފާވެރިކަމާ ލޯބި ފެނިފައި ރަސްގެފާނު ހަސަދަވެރިވިއެވެ. އަދި ދޮން ހިޔަލައާއި އަލިފުޅުގެ ލޯތްބާއި މިނިވަންކަމަށް ބޮޑު އިމްތިހާނެއް ކުރިމަތިވިއެވެ.

ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރު މި ކަލަންޑަރުގައި ހިމެނެއެވެ. މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ.

އުރީދޫން ބުނީ މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށާއި މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެއް ކަމަށެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

"ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބުދީ، އެ މީހުންގެ ދުނިޔެއާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެއެވެ..،" އުރީދޫން ބުންޏެވެ.

މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށް އުރީދޫން ބުންޏެވެ.

އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އުރީދޫއާ ގުޅިގެން އިހުގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް އުރީދޫން ދައުވަތު އަރުވައެވެ.

އުރީދޫގެ އޭއައި ޗެޓްބޮޓް މެދުވެރިކޮށް https://ore.do/aifolktales ލިންކަށް ވަނުމުން ބަޑި އެދުރާ ވާހަކަދައްކާލުމަށް ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.