އދ. މަންދޫ ފުޓްސަލް ދަނޑު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މަންދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން މަޖިލިސް ބައެއް މެންބަރުންނާއި ކެބިނެޓު މިނިސްޓަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި މަންދޫގެ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ މަންދޫ ފުޓްސަލް ދަނޑުގެ ބިންގަނޑު އެއްވަރުކުރުން، ކޮންކްރީޓު މަސައްކަތް، ބައުންޑްރީ ޖެހުން އަދި ކަރަންޓުގެ މަސައްކަތްތައް ކޮށްފައެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 1.47 މިލިއަން ރުފިޔާއަށެވެ.

އެ ދަނޑު ހުޅުވުމަށްފަހު ސަރުކާރުގެ އިސްވެރިން ހިމެނޭ ރައީސް މުއިއްޒުގެ ޓީމަކާއި މަންދޫ ކައުންސިލުގެ ޓީމަކާ ދެމެދު މަންޑޫ ދަނޑުގައި ވަނީ އެކުވެރިކަމުގެ މެޗެއް ކުރިއަށްގެންގޮސްފައެވެ. އެ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރީ ރައީސްގެ ޓީމުންނެވެ.