ޗައިނާގެ ރައްޔިތުން ޖަޕާނަށް ދަތުރުނުކުރުމަށް އަންގައިފިއެވެ.

ޗައިނާއިން އެ ގައުމުގެ ރައްޔިތުން ޖަޕާނަށް ދަތުރުނުކުރުމަށް އެންގުމަށްފަހު ވަނީ ބެއިޖިންގައި ހުންނަ ޖަޕާނުގެ އެމްބަސަޑަރު ވެސް ހާޒިރުކޮށްފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ޓަކައިޗީވެސް ވަނީ ޓައިވާންގެ މައްސަލައިގައި އެގައުމުގެ ޕާލިމެންޓުގައި ކޮމެންޓުކޮށްފައެވެ.

ސަނާއޭ ވަނީ ޗައިނާއިން ޓައިވާނަށް ހަމަލާ ދީފި ނަމަ ޖަޕާނުން ޗައިނާއަށް ހަމަލާ ދޭނެކަމުގެ އިންޒާރު ދީފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ޖަޕާނަށް ވަނީ އިންޒާރު ވެސް ދީފައެވެ. އެގޮތުން ފޮރިން މިނިސްްޓްރީން ވަނީ ޖަޕާނުން އަލިފާނާ ނުކުޅުމަށާއި ޖަޕާނުން ޓައިވާނަށް ހަމަލާދިނުން ރައްކާތެރި ނުވާނެ ކަމަށް އިންޒާރު ދީފައެވެ.