ފުވައްމުލަކު ފެނަކަ ބްރާންޗުން މިހާރު ދޫކުރަމުންދާ ސަޕްލައި ފެނަކީ ރައްކާތެރި ފެންކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.
ފުވައްމުލަކުގެ ފެނުގެ ނިޒާމު ތައައްޔަރުވުމުގެ ސަބަބުން، އެ ނިޒާމު ސާފުކުރުމުގެ ގޮތުން އެ ރަށުގެ ފެނުގެ ހިދުމަތް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލައިފައެވެ. ފުވައްމުލަކު ފެނަކަ ބްރާންޗުން މިހާރު ވަނީ އެ މައްސަަލަ ހައްލުކޮށް ފެން ދޫކުރަން ފަށައިފައެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ފެން ނެގުމަށްފަހު ތަހުލީލުކޮށްފައިވާ ކަމަށެވެ.
"މި ތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތުން މި ފެނަކީ ސިއްހަތާބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމުގައި ދަންނަވަމެވެ" އެމްއެފްޑީއޭއިން ބުންޏެވެ.
ފުވައްމަލަކު ގެތަކަށް ފެން ދޫކުރަން ފެށިފަހުން އެ ރަށު ކައުންސިލުން ވަނީ ފެނަކަ ބްރާންޗުގެ އިސްވެރިންނާ ބައްދަލުކުރައްވައި ގެތަކަށް ދޫކުރަމުންދާ ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
އެ މަޝްވަރާތައް ކުރިއިރު ފެނުގެ ތަހުލީލު ރިޕޯޓު ލިބިފައެއް ނުވެއެވެ. އެހެންވެ އެ ފެން ބޭނުން ނުކުރަން ކައުންސިލުން އިލްތިމާސްކުރިއެވެ.
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ