ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ހުނާން ނަމްބަރު 6 އިންޖިނިއަރިންއާ ހަވާލުކޮށްފިއެވެ.
މާފަރު އެއާޕޯޓް ހިންގަނީ އައިލެންޑް އެވިއޭޝަން ސާވިސަސް (އައިއޭއެސް)އިންނެވެ. އައިއޭއެސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓު ޓާމިނަލް ބޮޑުކުރުމުގެ އެއްބަސްވުމުގައި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ. ހުނާންގެ ފަރާތުން ސޮއިކުރެއްވީ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީއެވެ.
މޯލްޑިވިއަންއިން މިއަދު ބުނީ މާފަރު އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ހުނާންއާ ހަވާލުކޮށްފައިވަނީ 3.6 މިލިއަން ޑޮލަރަށް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން މާފަރު އެއާޕޯޓެ ޓާމިނަލް ބޮޑުކުރަން ދެ ބުރީގެ ޓާމިނަލެއް ހަދާނެއެވެ. އެ ޓާމިނަލް ހަދަނީ ސީއައިޕީ ލައުންޖަކާއި ފަސިންޖަރުންނަށް ހާއްސަ ލައުންޖެއް އަދި އޮފީސް ޖާގައެއް ހިމެނޭގޮތަށް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އެ މަޝްރޫއުގެ މަސައްކަތް ނިންމަން ހުނާންއަށް ދީފައިވަނީ 10 މަސް ދުވަހުގެ މުއްދަތެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މުހައްމަދު އިޝާން
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް