އެއްވެސް އިރަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ސަރުކާރުގެ ނުފޫޒެއް ނޯންނަ ކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ އޭސީސީގެ އަހަރީ ރިޕޯޓު ހިއްސާކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި، އޭސީސީގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮވޭތޯ، މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން ޝާމިލް ވިދާޅުވީ، ގާނޫނުއަސާސީގައި އޭސީސީ ސިފަކޮށްފައިވަނީ، އޭސީސީއަކީ ޖެހިލުމެއް ނެތި މަސައްކަތްކުރާ ތަނެއްގެ ގޮތުގައި އޮންނަން ޖެހޭނެ ތަނެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް ޝާމިލް ވިދާޅުވީ ބައެެއް ހާލަތްތަކުގައި ކޮމިޝަންގެ މިނިވަންކަމާމެދުގައާއި ކޮންމެވެސް ފަރާތެއްގެ ނުފޫޒެއް އޮންނަކަމާ މެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.
އެފަދަ ސުވާލުތައް އުފައްދަނީ ކުރާ ތަހުގީގުތަކުގެ އަވަސް، ލަސްމިނުގެ ސަބަބުން ކަމަށްވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ ބައެއް މައްސަލަތަކުގެ ތަހުގީގު މާ ބޮޑަށް ދިގުލައި ދިއުމުން ގަސްތުގައި އެ މައްސަލަ އޭސީސީން ލަސްކުރަނީ ކަމަށް ތުހުމަތުކުރާ ކަމަށެވެ.
ނަަމަވެސް އެއީ އެކަންވާގޮތް ނޫން ކަމަށާއި އޭސީސީން މައްސަލަ ނިންމަން ޖެހެނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެެރެއިން ކަމަށްވުމުން، ޖިނާއީ އަދުލުގެ ނިޒާމުން ކަށަވަރުކުރަންޖެހޭ ކަންކަން ހުރުމުންނާއި ފަންނީ ގާބިލުކަމާއި ވަސީލަތްތައް ހުރިގޮތުން ގޮންޖެހުންތައް ދިމާވަނީ ކަމަށްވެސް ވިދާޅުވިއެވެ.
"އެކަމަކު އޭސީސީގެ މައްޗަށް ވަކި ނުފޫޒެއް އޮވެގެން ދުވަހަކު ވެސް މައްސަލައެއް ލަސްވެފައި އޮތް ކަމަކަށް ބޫލެއް ނުކުރެވޭ، މި މަސައްކަތާ ހަވާލުވި ފަހުން ސަރުކާރަކުން އަދި މިހާރުގެ ސަރުކާރަކުން ވެސް މިވެނި މައްސަަލައެއް ބަލަން، ނުބަލަން، އަވަސްކުރަން ނުވަތަ ލަސްކުރަން ވެސް އަންގަފައެއް ނެތް،"
އިބްރާހިމް ޒަކީ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް
ދެން ކީއްވެގެންނޯ މައްސަލަތައް ނުނިންމާ މި ދިގުދަންމަނީ؟ ނިންމާފަ ފޮނުވާ މައްސަލަތައް ކޯޓަށް ނުދަނީ؟ ހޯދަން އަންގާ ފައިސާ ހޯދޭ ތަނެއް މި ނާންނަނީ؟ މައްސަލަތައް ތަހުގީގުކޮށް ބަލާ ނިންމާފަ ހުންނަ ފެންވަރު ހަމަ މޮޅުވެފަ އެހެން ދާއިރާތަކުގަ ތިބޭ މީހުންގެ ފެންވަރުދަށްކަމުން؟
ކީއްމިވަނީ - 7 މަސް ކުރިން