އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބަޖެޓު ވެސް މަޖިލީހުން ކަނޑައަޅައިދިނުމަށް އެކޮމިޝަނުން އެދިއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި، އަންނަ އަހަރަށް އެކަށީގެންވާ ބަޖެޓެއް އޭސީސީއަށް ދީފައިނުވާކަން ފާހަގަ ކުރައްވައި އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެ ކޮމިޝަނަށް ކަނޑައަޅާފައިވަނީ 49.8 މިލިޔަން ރުފިޔާގެ ސީލިންއެއް ކަމަށާއި ނަމަވެސް ބަޖެޓުގެ ގޮތުގައި ހިމަނާފައި ވަނީ 47.3 މިލިޔަން ރުފިޔާ ކަމަށެވެ.
މިއީ އެ ކޮމިޝަނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރެވޭވަރުގެ ބަޖެޓެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އޭސީސީން ބަލަމުންދާ މައްސަލަތައް އަވަސް ކުރުމަށް ސިޔާސަތުތައް ބަދަލުކޮށް މިއަހަރަށް ވެސް ސިޔާސަތުތަކެއް ކަނޑައަޅާފައިވާކަން ފާހަގަ ކުރައްވައި ޝާމިލް ވިދާޅުވީ ކޮމިޝަނުން ބޭނުންވާ ބަޖެޓް ދީފިނަމަ އަންނަ އަހަރުގެ ދެވަނަ ކުއާޓާ ނިމުމުގެ ކުރިން ރަނގަޅު ނަތީޖާ ނެރެދެވޭނެ ކަމަށެވެ.
އެގޮތުން ބޮޑެތި ތަހުގީގުތައް އަވަސްކޮށް، ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ޖިނާއީ އިޖުރާއަތުގެ ތެރެއިން ފިޔަވަޅު އެޅި، ކުށްވެރިންނާ މެދު ފިޔަވަޅު އަޅާތަން ފެނިގެންދާނެ ކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮމިޝަންގެ ތަހުގީގުތައް މުޅިންހެން ބައްޓަން ކުރަން ޖެހެނީ ފައިނޭންޝަލް ތަހުގީގުތަކަށް ކަމަށެވެ. އެހެންކަމުން މުވައްޒަފުން ތަމްރީނުކޮށް އެކަށީގެންވާ ތަޖުރިބާ ހޯދައިދިނުމަކީ ވަރަށް ބޭނުން ކަމެއް ކަމަށާއި އެކަމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ބަޖެޓްގެ ސަބަބުން އެކަން ރަނގަޅު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އޭސީސީން އެދުނީ 84.7 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށެވެ.
ޝާމިލް ވިދާޅުވީ ބައެއް ގައުމުތަކުގައި ވެސް އޭސީސީގެ ބަޖެޓް ފާސްކުރަނީ އެގައުމުތަކުގެ ގާނޫނުހަދާ މަޖިލީހުން ކަމަށެވެ.
އެގޮތުން ރާއްޖެއިން ބަލައިގަނެ އަމަލުކުރާ ޖަކާޓާ ސްޓޭޓްމަންޓް އޮން ޕްރިންސިޕަލް ފޯ އެންޓި ކޮރަޕްޝަން އެޖެންސީސް ގައިވެސް ގައުމުތަކުގެ އެންޓި ކޮރަޕްޝަން އިދާރާތަކަށް މާލީ މިނިވަންކަން ކަށަވަރު ކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން