މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް ހުށަހެޅެން ހުންނާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ބާސެލޯ ނަސަންދުރާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިމިގްރޭޝަންގެ އާ މޯބައިލް އެޕްލިކޭޝަނާއި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން އަދި "އީ-ވިސާ" އިފްތިތާހުކޮށްފައެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އީ-ވިސާ އިފުތިތާހުކުރި ދުވަހުން ފެށިގެން އީ-ވިސާއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިނުވަނީ އެ ހިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކުން އެކަމަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި އެހެންވެ އިމިގްރޭޝަނުން ނިންމީ މިމަހުގެ 23 އިން ފެށިގެން އެ ހިދުމަތަށް އެދި ހުށަހެޅުމަށް ހުޅުވާލުމަށް ކަމަށެވެ.
އީ-ވިސާއަށް ހުށަހަޅާނެ ގޮތުގެ ތަފުސީލީ ޓިއުޓޯރިއަލްތަކެއް އިމިގްރޭޝަންގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާންމުކުރާނެކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅެން ހުންނާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިިމިގްރޭޝަނުން ބުނީ މިމަހުގެ 23ގެ ފަހުން ވިސާ ޖެހި ނަމަވެސް އިމިގްރޭޝަނުން ނުނަގާ ހުރި ޕާސްޕޯޓުތައް ދޫކުރާނެ ކަމަށެވެ.
އަދި ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ނެގުމަށް އިލްތިމާސްކުރާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން