އދ. ދަނގެތި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 5,000 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ބުރީގެ އިމާރާތެއް ބިނާކުރުން ހިމެނޭ ކަމަށެވެ.
އެ މަޝްރޫއަކީ 34.96 މިލިއަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ 1,260 މީހުންގެ އާބާދީއެއް އޮންނަ ދަނގެތީގެ ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ނިމުމާއެކު ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ސިއްހީ ފަރުވާގެ ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާއީ ގޮތުން ރަށަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ