ގދ. ގައްދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. އަދި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 101.7 މިލިޔަން ރުފިޔާއަށް 600 ދުވަސްތެރޭ ނިންމައި ހަވާލުކުރާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 30 އެނދުގެ ޖާގައިގެ ހަަތަރު ފްލޯގެ އިމާރާތެއް 18،613 އަކަފޫޓުގެ ސަރަހައްދެއްގައި ބިނާކުރުން.
- 2،563 އަކަފޫޓުގެ ސަރަހައްދެއްގައި އެއް ފްލޯގެ ސާވިސް ބްލޮކެއް އިމާރާތް ކުރުން.
- 3،573 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފްލޯގެ އެކަމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުން.
ފާތިމަތު ލިއުޝާ
ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ