ވާދަވެރިކޮށް ފެނިގެންދާ އިޓަލީ ލީގުގެ އެއްވަނަ މަގާމަށް އިންޓަ މިލާން ޖެހިލައިފިއެވެ.
އިންޓައިން އެއްވަނައަށް ޖެހިލީ ރޭ އެޓީމުން ކުޅުނު މެޗުގައި ލާޒިއޯ ކައިރިން، އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެގެންނެވެ.
މިވަގުތު ދާދި އެއް ހަމައެއްގައި އިޓަލީ ލީގުގެ އެއްވަނައަށް ވާދަކުރާ ފަސް ވަރަކަށް ޓީމު އެބަ ފެނިގެން ދެއެވެ. އިންޓައިން 11 މެޗުން 24 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ރޯމާއިން ރޭ އުޑިނޭޒީ ބަލިކުރީ 2-0 އިންނެވެ. އެއާއެކު އެޓީމަށްވެސް 11 މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، އޭސީ މިލާން ތިންވަނައިގައި އޮތީ 11 މެޗުން 22 ޕޮއިންޓާއެކުގައެވެ.
އޭސީ މިލާނުން މި ހަފުތާގައި ކުޅުނު މެޗުގައި ޕާމާއާ އެއްވަރުވީ 2-2 އިންނެވެ.
ތާވަލުގެ ހަތަރު ވަނައިގައި ނަޕޯލީ އޮތީވެސް 11 މެޗުން 21 ޕޮއިންޓާއެކުގައެވެ. ނަޕޯލީން ރޭ ކުޅުނު މެޗުގައި ބޮލޯނިއާ ކައިރިން 2-0 އިން ބަލިވުމާއެކު އެޓީމަށް ވަނީ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ.
އިންޓައަށް ރޭގެ މެޗު ފަސޭހަވެގެން ދިޔައީ ތިންވަނަ މިނެޓުގައި ލީޑު ނެގުމުންނެވެ. އެޓީމުގެ ގޯލު ޖަހައިދިނީ އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒެވެ. އެ ގޯލާއެކު މެޗު ލީޑު ކުރަމުން ގޮސް، އިންޓައިން ތިން ޕޮއިންޓް ޔަގީންކުރީ ދެވަނަ ހާފުގައި އާންގޭ-ޔޯން ބޮނީ ޖެހި ގޯލުންނެވެ.
ނަޕޯލީން ރޭ ކުޅުނު މެޗުގައި އެޓީމު ކޮޅަށް ބޮލޯނިއާގެ ގޯލުތައް ޖަހައިދިނީ ތިޖްސް ޑަލިންގާއާއި ޖޯން ލުކުމީއެވެ.
ބޮލޯނިއާ ތާވަލުގެ ފަސްވަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓާއެކުގައެވެ. އެޓީމުވެސް ދަނީ ތާވަލުގެ އެންމެ މަތީ މަގާމުތަކަށް ރަނގަޅަށް ވާދަކުރަމުންނެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ