އަންނަ 2026 އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ފާހަގަކުރައްވައިފިއެވެ.
އޮޑިޓާ ޖެެނެރަލް މިކަން ފާހަގަކުރެއްވީ 2026 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް، ބަޖެޓާ ބެހޭގޮތުން އޮޑިޓާ ޖެނެރަލަށް ފާހަގަކުރެވޭ ކަންތައްތައް ހިމަނައިގެން ހުށަހެޅި ކަރުދާހުގައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މި ކަރުދާސް ހުށަހަޅުއްވަމުން އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 40.3 ބިލިއަން ލިބޭނެ ކަމަށް 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި އަންދާޒާ ކޮށްފައިވާ އިރު، ޖުމުލަ ހަރަދުގެ ގޮތުގައި 64.2 ބިލިއަން ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.
"ބަޖެޓް ފައިނޭންސިންއަށް ބަލާއިރުގައި ގްރޮސް ފައިނޭންސިންގެ ގޮތުގައި 26.2 ބިލިއަން ރުފިޔާ އެބައިން ފައިނޭންސް ކުރަން ހަމަޖައްސާފަ އިން ބަޖެޓްގައި، ދެން ވަކިވަކި ބައިތަކަށް ބަލާއިރުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 40 މިލިއަންގެ ތެރެއިން ޓެކްސް އިންކަމްގެ ގޮތުގައި 29 ބިލިއަން، ދެން ނަން ޓެކްސްގެ ގޮތުގައި 11.9 ބިލިއަން އަދި ގްރާންޓްގެ ގޮތުގައި 348 މިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓް ފޮތުގައި އަންދާޒާކޮށްފައި އެބަވޭ. މި އަންދާޒާތަކަށް ބަލާއިރު ފާހަގަކުރެވެނީ ފާއިތުވި އަހަރުތަކަށް ބަލާއިރުގައި، ރިއަލިސްޓިކް އަންދާޒާތަކެއް ކަމަށް އާމްދަނީއާ ބޭހޭގޮތުން މި ފާހަގަކުރެެވެނީ،"
ނަމަވެސް އާމްދަނީ އިތުރު ކުރެވޭނެ ސިޔާސަތުތަކެއް ބަޖެޓްގައި ހުށަހަޅާފައިނެތުމަކީ ކަންބޮޑުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ފާއިތުވެދިޔަ އަހަރުތަކަށްބަލާއިރު ފިސްކަލް ސްޓްރެޓަޖީ އަދި ރެވެނިއު ސްޓްރެޓަޖީ އަދި ދައުލަތުގެ 2024، އަދި 2025 ވަނަ އަހަރުގެ ބަޖެޓްގައި ވެސް އެބަހުރި ހުށަހަޅާފައި އާމްދަނީ އިތުރުކުރަން ބައެއް ކަންތައްތައް ހިމަނާފައި. ނަމަވެސް 2026 ވަނަ އަހަރުގެ ބަޖެޓަށް އައިއިރުގައި އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ހުށަހަޅާފައެއް ނެތް. މިއީ ކަންބޮޑުވާކަމެއް،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން 2026 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރާ އިރު، އާމްދަނީ އިތުރުު ކުރެވޭނެ ގޮތްތަކެއް ހިމަނަން އޮޑިޓާ ޖެެނަރަލް ވަނީ ރިކޮމެންޑްކޮށްފައެވެ.
އިބްރާހިމް ޒަކީ
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ