ޖަރުމަނު ލީގުގައި މޮޅުވުމުގެ ރެކޯޑެއްގައި އޮތް ބަޔާން މިއުނިކުން، ޔޫނިއަން ބާލިން ކައިރިން އެއްވަރުވެއްޖެއެވެ.
ރޭގެ ލީގު މެޗާ ހަމައަށް ބަޔާނުން ވަނީ މި ސީޒަނުގައި ކުޅުނު 16 މެޗުންވެސް މޮޅުވެފައެވެ. އެއީ މިހާތަނަށް ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކްލަބަކުން ހޯދާފައިވާ ކާމިޔާބީއެއް ނޫނެވެ. ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ބަޔާނަށް ޕޮއިންޓް ގެއްލުނީ ރޭގެ މެޗުން އެކަންޏެވެ.
ރޭ ރަށުން ބޭރުގައި ޔޫނިއަން ބާލިން ކައިރިން ބަޔާން އެއްވަރުވީ 2-2 އިންނެވެ. އެ ނަތީޖާއާއެކުވެސް ބަޔާން އެއްވަނައިގައި އޮތީ ހަ ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ 10 މެޗުން 28 ޕޮއިންޓާއެކުގައެވެ. އެންމެ ގާތުން ދެވަނައިގައި އޮތީ އާރްބީ ލެއިޕްޒިގެވެ. އެއީ 10 މެޗުން 22 ޕޮއިންޓާއެކުގައެވެ.
މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޔޫނިއަން ބާލިންނެވެ. 27 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ ޑަނީލިއޯ ޑޮއެހީއެވެ. އެއީ ކޯނަރެއް ގޯލެއް ވައްދާލައިގެން އޭނާ ޖެހި ގޯލެކެވެ.
އެއީ މިހާތަނަށް މި ސީޒަނުގެ މެޗެއްގައި ބަޔާން ކޮޅަށް، ފުރަތަމަ ހާފުގައި ޓީމަކުން ގޯލެއް ޖެހި ފުރަތަމަ ފަހަރެވެ.
އެ ގޯލަށް މާގިނައިރެއް ނުވެ، ލުއިސް ޑިއާޒް ޖެހި ގޯލުން ބަޔާން އެއްވަރުކުރިއެވެ. އެ ނަތީޖާއާއެކު މެޗު ކުރިއަށް ދަނިކޮށް، 83 ވަނަ މިނެޓުގައި ޔޫނިއަން ބާލިން އަނެއްކާވެސް ލީޑު ނެގިއެވެ.
އެ ގޯލު ޖަހައިދިނީވެސް ޑޮއެހީއެވެ. އެ ގޯލާއެކު ބަޔާން ބަލިވާން ދަނިކޮށް، 93 ވަނަ މިނެޓުގައި ބަޔާނަށް އެއްވަރުކޮށްދިނީ ހެރީ ކޭންއެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ