ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވަރަ އެކްސްޕޯ 2025 ފަށައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވަރަ އެކްސްޕޯ އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
އެކްސްޕޯ އިފުތިތާހުކޮށްދެއްވުމަށްފަހު ސާޖިދާ ވަނީ "ކުރިމަގަށް ތައްޔާރު ދިވެހިރާއްޖެ- ތައުލީމާއި ތަމްރީނުގެ އާ ޒަމާނެއް" ފޮތް ނެރެދެއްވައިފައެވެ. އަދި ވަނީ އެކްސްޕޯ ބައްލަވާލައްވައިފައެވެ.
މި އެކްސްޕޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ.
ރައީސް އޮފީހުން މިއަދު ވަރަ އެކްސްޕޯ 2025 ގައި ތައުލީމާއި، ތަމްރީނާއި، ހުނަރާ ގުޅުންހުރި މުއައްސަސާތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެން 166 އެގްޒިބިޓަރުން ބައިވެރިވި ކަމަށެވެ. ރައީސް އޮފީހުން ބުނީ އެ އެ އެކްސްޕޯ މެދުވެރިކޮށް ވަޒީފާ އާއި ދަސްވާރުކަމުގެ ފުރުސަތުތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި ވަޒީފާގެ ބާޒާރާއި، ތައުލީމާއި، ތަމްރީނާ ގުޅުންހުރި މަސައްކަތު ބައްދަލުވުންތަކާއި ޕެނަލް ޑިސްކަޝަންތައް އެކްސްޕޯޓުގައި ބާއްވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު