ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދުގެ ރަސްމިއްޔާތުގައް ތަރައްގީގެ މައިގަނޑު ނުވަ ދާއިރާއަަކުން މަޝްރޫއުތައް ވަނީ ރާއްޖޭގެ އަމިއްލަ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.

އެގޮތުން ތައުލީމީ ދާއިރާއިން 31 މަޝްރޫއުއް ހަވާލުކޮށްފައިވެއެވެ.

ތައުލީމީ ދާއިރާއިން މަޝްރޫއުތައް ހަވާލުކުރި ކުންފުނިތައް:

  • އޭއާއިގީ އިންވެސްޓްމަންޓް: ރ. އުނގޫފާރު ސްކޫލުގައި 8 ކްލާސްރޫން އިމާރާތްކުރުމުގެ މަސައްކަތާއި ތ. ކަނޑޫދޫ ސްކޫލުގެ ވަށާފާރު ރޭނުމާއި އިންފްރާސްޓްރަކްޗާގެ މަސައްކަތް،
  • އަލިތޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: ލ. ހިތަދޫ ސްކޫލުގައި މަލްޓިޕަޕަސް ހޯލްއެއް އެޅުމުުގެ މަސައްކަތާއި ރ. ރަސްގެތީމުގައި 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ބިނާކުރުމުގެ މަސަތްކަތް.
  • ސެންޓާލައިން ޕްރައިވެޓް ލިމިޓެޑް: ށ. ފޭދޫ ސްކޫލުގެ އެޑްމިން ބްލޮކެއް ގާއިމުކުރުމުގެ މަސައްކަތް.
  • އިވޯކާ ޕްރިއިވެޓް ލިމިޓެޑް: ލ. އިސްދޫ ސްކޫލުގައި ފަސް ކްލާސްރޫމް ބިނާކުރުމުގެ މަސައްކަތާއި ރާއްޖޭގެ 10 ސްކޫލެއްގައި ފުޓްސަލް ޓާފް އެޅުމުގެ މަސައްކަތް.
6 ނޮވެމްބަރު 2025: ތަރައްގީގެ 206 މަޝްރޫއެއްގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ/ ރައީސް އޮފީސް
  • ފްލެކްސިން ޕްރައިވެޓް ލިމިޓެޑް: ނ. ކުޑަފަރީ ސްކޫލުގައި ސައިސްލެބަކާއި ހަ ކްލާސްރޫމް ބިނާކުރުމުގެ މަސައްކަތް، ބ. ކުޑަރިކިލި ސްކޫލުގައި ހަ ކްލާސްރޫމް ބިނާކުރުމުގެ މަސައްކަތް، ތ. ދިޔަމިގިލި ސްކޫލުގައި މަލްޓިޕާޕަސް ހޯލް ބިނާކުރުމުގެ މަސައްކަތް، ރާއްޖޭގެ 50 ސްކޫލެއްގައި ރީ ޕަބްލިޝްމަންޓްގެ މަސައްކަތް.
  • ހެވީފޯސް ޕްރައިވެޓް ލިމިޓެޑް: ށ. ނަރުދޫ ސްކޫލުގައި މަލްޓިޕާޕަސްހޯލާއި ކްލާސްރޫމް ބިނާކުރުުގެ މަސައްކަތް، ވ. ފެލިދޫގައި ހުރި ވ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަތަރު ބުރީގެ އިމާރާތެއް ބިނާކުރުމުގެ މަސައްކަތް، ތ. ކިނބިދޫ ސްކޫލުގައި މަލްޓިޕާޕަސްހޯލާއި ހަތަރު ކްލާސްރޫމް ބިނާކުރުމުގެ މަސައްކަތް.
  • ނޫފަރު އެންޓާޕްރައިސެސް ޕްރައިވެޓް ލިިޓެޑް: ކ. ހުރާ ސްކޫލުގައި މަލްޓިޕާޕަސްހޯލެއް ބިނާކުރުމުގެ މަސައްކަތް، ފ. މަގޫދޫ ސްކޫލުގައި ހޯލާއި ފެސިލިޓީޒް ބިނާކުރުމުގެ މަސައްކަތް، ތ. ވަންދޫ ސްކޫލުގައި ފަސް ކްލާސްރޫމް ބިނާކުރުުގެ މަސައްކަތް
  • އޮޕްޓިމާ ހޯލްޑިން: ހދ. ނެއްލައިދޫގައި އާ ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް، ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގައި ދިހަ ކްލާސްރޫމާއި މަޕްޓިޕާޕަސްހޯލް ބިނާކުރުުގެ މަސައްކަތް.
  • ސޮލެކްސް ޕްރައިވެޓް ލިމިޓެޑް: ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު ސްކޫލުގައި ހުންނަ އޮފީސް އިމާރާތް ބިނާ ކުރުމުގެ މަސައްކަތް.، ނ. ވެލިދޫގައި ހުންނަ ނ. އަތޮޅު ސްކޫލުގެ ތައުލީމީ މަރުކަޒުގެ 8 ކްލާސްރޫމާއި ލައިބްރަރީ ގާއިމުކުރުމުގެ މަސައްކަތް، ދ. ބަނޑިދޫ ސްކޫލުގައި 8 ކްލާސްރޫމާއި މަލްޓިޕާޕަސްހޯލް ބިނާކުރުމުގެ މަސައްކަތް، ގދ. ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާގައި ސެން ކްލާސްރޫމެއް ބިނާކުރުމުގެ މަސައްކަތް، ރާއްޖޭގެ 15 ސްކޫލެއްގެ ވަށާފާރު ރޭނުމުގެ މަސައްކަތް.
  • ވަލީދު ކޮންސްޓަރްޝަން އއ. މާޅޮހުސްކޫލުގައި ކްލާސްރޫމާއި ސައިންސް ލެބް ބިނާ ކުރުމުގެ މަސައްކަތް.

ތައުލީމީ ދާއިރާގެ ތެރެއިން މަތީ ތައުލީމު ބިނާކުރުމާ ގުޅޭ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހަވާލުކުރާ ފުރަތަމަ ބެޗްގެ ކޮންޓްރެކްޓަރަކީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުންޏާ ހަވާލުކުރީ ށ. ފުނަދޫގައި ޔުނިވާސިޓީ ކެމްޕަސްތަކާއި ހޮސްޓެލްތައް ބިނާކުރުމުގެ މަސައްކަތާއި، ޅ. ނައިފަރުގައި ޔުނިވާސިޓީ ކެންޕަސްއަކާއި ހޮސްޓެލްތައް ބިނާކުރުމުގެ މަސައްކަތާއި، ޅ. ހިންނަވަރުގައި ޔުނިވާސިޓީ ކެމްޕަސްއަކާއި ހޮސްޓެލްތައް ބިނާކުރުމުގެ މަސައްކަތްތަކެެވެ.

ސިއްހީ ދާއިރާގެ 30 މަޝްރޫއު ހަވާލުކުރި ކުންފުނިތައް:

  • އޮޕްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް: ލ. މާވަށު، ގއ. ކޮލަމާފުށި. ދެއްވަދޫ، ނިލަންދޫގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • ފެޑޯ ޕްރައިވެޓް ލިމިޓެޑް: ލ. އިސްދޫ ކަލައިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް.
  • އެލްއެމްއޭ އިންވެސްޓްމަންޓް: ހދ. ހަނިމާދޫ، މަކުނުދޫ، ވައިކަރަދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • ޝަމާލް ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑް: ގދ. މަޑަވެލީ، ގއ. މާމެންދޫގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • ޕާފެކްޓް މަލަފެހި ޕްރައިވެޓް ލިމިޓެޑް: ށ. ފޭދޫ އަދި ށ. ބިލެތްފަހި ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • އިކޯސިސް ޕްރިވެޓް ލިމިޓެޑް: ފ. މަގޫދޫ އަދި ދ. މާއެނބޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • ވަލީދު ކޮންސްޓްރަކްޝަން: ނ. ޅޮހީގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • އެސެޓެން ޕްރިވެޓް ލިމިޓެޑް. ބ. ކެންދޫ އަދި އއ. މާޅޮހުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • ނެސްޓާ މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް: ބ. ކަމަދޫ އަދި ގއ. ކަނޑުހުޅުދޫގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • ނިއުހިޔާ މޯލްޑިވްސް ޕްރައިވެޓް މިލިޓެޑް: މ. ދިއްގަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • މިމްސް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް: ގދ. ވާދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • ސައުޝަންސް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް: ރ. ރަސްގެތީމް އަދި ޅ. އޮޅުވެލިފުށީގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • އަލްޓެކް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް: ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ރީ-ޑިވެލޮޕްކުރުމުގެ މަސައްކަތް.
  • ސެވަން ވީކްސް ޕްރިވެޓް ލިމިޓެޑް: ދ. މީދޫ، ނ. ހޮޅުދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: ގއ. ގެމަނަފުށީ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު.
  • ހައިޓްސް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް: ގދ. ރަތަފަންދޫގައި ސިއްހީ މަރުކަޒު އިމާރާތްކުރުން، ބ. ކިހާދޫ ސިއްްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.
  • ހައިޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް: މ. ވޭވަށު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.

ދާހިލީ ކަންކަމާ ގުޅޭ 39 މަޝްރޫއު ހަވާލުކުރި ކުންފުނިތައް:

  • އެފްޖޭ ޑިޒައިން: ލ. މާމެންދޫ، މާބައިދޫ، ދ. ހުޅުދެލި، ބަނޑިދޫ، މ މަޑުއްވަރި، ތ. ގާދިއްފުށި، ދިޔަމިގިލި ޕޮލިސް ޕޯސްޓް ބިނާކުރުމުގެ މަސައްކަތް.
  • ޑޮނާޑް ޕްރައިވެޓް ލިމިޓެޑް: ބ. ކެންދޫ، ބ. ކަމަދޫ، ރ. އިނގުރައިދޫ، ކ. ހިންމަފުށި، ކ. ގާފަރު، ގއ. މާމެންދޫ، ނ. މާޅެންދޫ، ހދ. ނެއްލައިދޫ ޕޮލިސް ސްޓޭޝަން ބިނާކުރުމުގެ މަސައްކަތް.
  • އެންކޯ ހޯޕްޑިން ޕްރައިވެޓް ލިމިޓެޑް: ކ. ދިއްފުށި، ބ. ހިތާދޫ، ބ. ކިހާދޫ، ބ. ދޮންފަނު އަދި ބ. ކުޑަރިކިލި ޕޮލިސް ސްޓޭޝަން ބިނާކުރުމުގެ މަސައްކަތް.
  • ކެންސެއާ މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް: ހއ. ތަކަންދޫ، ހއ. ފިއްލަދޫ، ހދ. ވައިވަރަދޫ، ހދ. ކުރިނބި ޕޮލިސް ސްޓޭޝަން ބިނާކުރުމުގެ މަސައްކަތް.
  • އެމްލޮކް ޕްރައިވެޓް ލިމިޓެޑް: ތ. ބުރުނި، ތ. ވަންދޫ، ތ. ހިރިލަންދޫ، މ. ކޮޅުފުށި، ސ. މަރަދޫ ފޭދޫ، އއ. ބޮޑުފުޅަދޫ، އދ. މަންދޫ ޕޮލިސް ސްޓޭޝަން ބިނާކުރުމުގެ މަސައްކަތް.

ތިމާވެށީގެ ދާއިރާގެ 24 މަޝްރޫއު އަދި ހަވާލުކުރި ކުންފުނިތައް:

  • ގްލަޓް އިންވެސްޓްމަންޓް ޕަރައިވެޓް ލިމިޓެޑް: ހއ. ދިއްދޫ، ހއ. މާރަންދޫ، ހއ. މުލަދޫ، ހއ. މުރައިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖުމަންޓް ސެންޓާ ގާއިމުކުރުން.
  • ބިލްޓެކް ޕްރިވެޓް ލިމިޓެޑް: ހދ. ފިނޭ، ހދ. ހިރިމަރަދޫ، ހދ. ކުމުންދޫ، ހދ. ކުރިނބީ، ހދ. ނޭކުރެންދޫ، ހދ. ނޮޅިވަރަމް، ހދ. ވައިކަރަދޫގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރު ގާއިމުކުރުން.
  • އާލާފް ޕްރިވެޓް ލިމިޓެޑް: ށ. ބިލެތްފަހި، ށ. ފީވަކު، ށ. ފޭދޫ، ށ. ކަނޑިތީމު، ށ. ޅައިމަގު، ށ. ނޫމަރާ ރިސޯސް މެނޭޖުމަންޓް ސެންޓަރު ގާއިމުކުރުން.
  • ޓްރަސްޓް އެންޑް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް: ހއ. ތަކަންދޫ، ށ. އުލިގަމު ރިސޯސް މެނޭޖުމަންޓް ސެންޓަރު ގާއިމުކުރުން.
  • ލިޓަސް އޮޓޯމޯބައިލް ޕްރިވެޓް ލިމިޓެޑް: އަތޮޅުވެރިކަންކުރާ ރަށްތަކާއި އާބަން ސެންތަރުތައް ހިމެނޭ ގޮތްގޮތަށް ރާއްޖޭގެ 20 ރަށެއްގައި ވެމްކޯއަށް ބޭނުންވާ ވެހިކަލްތަކާއި އިކުއިޕްމަންޓްތައް ހޯދުމަށް ބޭނުންވާ ޕްރޮކިއުމަންޓް މަސައްކަތް ކުރިއަށްގެންދިއުމުގެ މަސައްކަތް، އައްޑޫ އާއި ތިނަދޫ އަދި ކުޅުއްދުށީގައި ބޭނުންވާ މޯބައިލް ޝްރެޑާ ހޯދުމުގެ މަސައްކަތް، އައްޑޫ އާއި ފުވައްމުލަކާއި ތިނަދޫ އަދި ކުޅުދުއްފުށި ސިޓީގައި ބޭނުންވާ މޯބައިލް ސީޔޫއޭއެއް ހޯދުމުގެ މަސައްކަތް، ޒޯން ހައެއް އަދި ހަތެއްގެ ވޭސްޓް ޓްރާންސްފާ ސިސްޓަމް ޕްރޮޖެކްޓް 20 އަދި ޕްރޮޖެކްޓް 21 އަށް ބޭނުންވާ ވެހިކަލްތަކާއި އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތް.

މަސްވެރިކަމާ ގުޅުންހުރި ދެ މަޝްރޫއު އަދި ހަވާލުކުރި ކުންފުނިތައް:

  • އެސްއޭއެންއެން އިންޓަނޭޝަަނަލް ޕްރައިވެޓް ލިމިޓެޑް: ފ. ނިލަންދޫގައި މަސް ޕްރޮސެސްކުރާ ފެކްޓަރީއެއް އެޅުމަށް ބިންހިއްކުމުގެ މަސައްކަތް.
  • އޭޓީއެން ޕްރިވެޓް ލިމިޓެޑް: ގދ. ފިޔޯރީގައި މަސް ޕްރޮސެސްކުރާ ފެކްޓްރީއެއް އެޅުމަށް ބިންހިއްކުމުގެ މަސައްކަތް.

ކުޅިވަރުގެ ދާއިރާގެ 52 މަޝްރޫއު ހަވާލުކުރި ކުންފުނިތައް:

  • ތްރީ ޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: އއ. މާޅޮހު، ބ. ދަރަވަންދޫ، ހދ. ވައިކަރަދޫ، ނައިވާދޫ، ދ. މާއެނބޫދޫ، ނ. ވެލިދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް، ތ. ކިނބިދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމާއި ވަސާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް.
  • ކޯލް ލައިން މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް: ށ. ފުނަދޫ، ށ. ފޯކައިދޫ، ށ. ފޭދޫ، ފ. ނިލަންދޫ، ހޭންޑްބޯޅަ ކޯޓް އެޅުމުގެ މަސައްކަތް، ތ. މަޑިފުށީ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް، ހއ. މާރަންދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓަމް ބިނާކުރުމުގެ މަސައްކަތް، ށ. ފޭދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓަމް ބިނާކުރުމާއި ލައިޓިންގް ސިސްޓަމް ހަރުކުރުމުގެ މަސައްކަތް، ށ. ފޭދުގައި ފުޓްބޯޅަ ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް، ށ. ޅައިމަގު ފުޓްސަލް ގްރައުންޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް، ށ. ފުނަދޫ އަދި ށ. ފޯކައިދޫ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް.
  • ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގް ޕްރިވެޓް ލިމިޓެޑް: ހއ. އިހަވަންދޫގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް، ހދ. ނޭކުރެންދޫ ފުޓްބޯޅަ ދަނޑުގައި ފެންސްޖެހުމާއި ރޮސްޓްރަމް ބިނާކުރުމުގެ މަސައްކަތް، ރ. ވާދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް.
  • ޓްރަސްޓް އިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: މާލެ ކުޅިވަރު އެކުވެނީގައި ހުރި ބެޓްމިންޓަން ހޯލް ބިނާކުރުމުގެ މަސައްކަތް، ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމް ބިނާކުރުމުގެ މަސައްކަތް.
  • މޯލްޑިވްސް އޭޝިޔާ ސަޕްލައި: ބ. ދޮންފަނު ފުޓުބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް، ބ. ކިހާދޫ އާއި ފުވައްމުލަކު ސިޓީ އާއި މ. މުލަކު އަދި މ. ވޭވަށް ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް. ބ. ފެހެންދޫގައި ފުޓްސަލް ދަނޑެއް އަދި ވޮލީކޯޓެއް ހެދުމުގެ މަސައްކަތް.
  • އެލީޓް އިންޓާނޭޝަނަލް ޕްރިވެޓް ލިމިޓެޑް: އައްޑޫ ސިޓީ ފޭދޫގައި ބެޑްމިންޓަން ކޯޓެއް ހެދުމުގެ މަސައްކަތް. އައްޑޫ ސިޓީ މަރަދޫގައި ބެޑްމިޓަން ކޯޓެއް ހެދުމުގެ މަސައްކަތް، ތ. ވިލުފުށީގައި މަލްޓިޕާޕަސް ކޯޓެއް ހެދުމުގެ މަސައްކަތް.
  • މައިނާސް ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑް: ކުޅުދުއްފުށި ސިޓީގައި މަލްޓިޕާޕަސް ހޯލެއް ހެދުމާއި، ޒިގްޒެގް ސްޓޭޑިއަމްގެ ރޮސްޓްރަމް ބިނާކުރުުމުގެ މަސައްކަތް.
  • ފެޑޯ ޕްރިވެޓް ލިމިޓެޑް: ކުޅުދުއްފުށި ސިޓީގައި ފުޓްބޯޅަ ދަނޑެއް ހެދުމުގެ މަސައްކަތް.
  • އެކުއަލިން ޕްރިވެޓް ލިމިޓެޑް: ގދ. ތިނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ރ. އުނގޫފާރު. ޅ. ނައިފަރު، މ. ނާލާފުށި، ބ. އޭދަފުށި، ގއ. ވިލިނގިލީގައި ހޭންޑްބޯލް ކޯޓެއް ހެދުމުގެ މަސައްކަތް.

ގެދޮރުވެރިކަމާއި ބިނާވެށީގެ ދާއިރާއިން ޖުމުލަ 13 މަޝްރޫއު ހަވާލުކުރި ކުންފުނިތައް:

  • ގްލަޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް: ބ. އޭދަފުށީގައި 75 ހައުސިން ޔުނިޓް ބިނާކުރުމުގެ މަސައްކަތް.
  • އަލްޓެކް ޕްރިވެޓް ލިމިޓެޑާ ހަވާލުކުރާ ތިން މަޝްރޫއު: ދ. މީދޫގައި 25 ހައުސިންގް ޔުނިޓް، އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓް، ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓް ބިނާކުރުމުގެ މަސައްކަތް.
  • އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް: މ. މުލަކުގައި 50 ހައުސިން ޔުނިޓް ބިނާކުރުމުގެ މަސައްކަތް.
  • މިމްސް ކޮސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓް ބިނާކުރުމުގެ މަސައްކަތް.
  • ވޭވްސް ކެންސް ޕްރައިވެޓް ލިމިޓެޑް: ގދ. ގައްދޫގައި 50 ހައުސިން ޔުނިޓް ބިނާކުރުމުގެ މަސައްކަތް.
  • ސްވިފްޓް އެންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑް: ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓް ބިނާކުރުމުގެ މަސައްކަތް.
  • އާލާފް ޕްރިވެޓް ލިމިޓެޑް: ލ. ގަމުގައި 100 ހައުސިން ޔުނިޓް ބިނާކުރުމުގެ މަސައްކަތް.
  • ވެޓް ލިންކްސް ޕްރިވެޓް ލިމިޓެޑް: ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓް ބިނާކުރުމުގެ މަސައްކަތް.
  • ފްލެސް އިން ޕްރިވެޓް ލިމިޓެޑް: ގއ. ވިލިގިލީ 25 ހައުސިން ޔުނިޓް ބިނާކުރުމު މަސައްކަތަކާއި ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު ބިނާކުރުމުގެ މަސައްކަތް.
  • ހެވީފޯސް ޕްރައިވެޓް ލިމިޓެޑް. ގދ. ރަތަފަންދޫގައި ހާބަރު ތަރައްގީގެ މަޝްރޫއުގެ މަސައްކަތް.

ދީނީ ކަންކަމާ ގުޅޭ ދާއިރާއިން ޖުމުލަ 14 މަޝްރޫއު ހަވާލުކުރި ކުންފުނިތައް:

  • ވޭވްސް ލޭންޑް ޕްރިވެޓް ލިމިޓެޑް: ހދ. ވައިކަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ގުރުއާން ސެންޓަރެއް ބިނާކުރުން، ކުޅުދުއްފުށީ ސިޓީގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމުގެ މަސައްކަތް، ކުޅުދުއްފުށީގައި ވަގުފު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް.
  • އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: ގއ. ވިލިނގިލީގައި ވަގުފް އިމާރާތެއް ބިނާކުރުމުގެ މަސައްކަތް.
  • ގްލަޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް: ގދ. ތިނަދޫގައި ވަގުފް ބިލްޑިންއެއް އިމާރާތް ކުރުމުގެ މަސައްކަތް.
  • ވެންޒޭ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް: ނ. ހޮޅުދޫ އަދި ހއ. އުތީމުގައި އިސްލާމިކް ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތް.
  • ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: ބ. ފުޅަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް، ށ. ބިލެތްފަހީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް، ބ. ފެހެންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް، ބ. ކަމަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް، ކ. ދިއްފުށީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް، އއ. ރަސްދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް، ލ. ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް.

ޒުވާނުންނާ ގުޅޭ ދާއިރާއިން ހަވާލުކުރީ އެންމެ މަޝްރޫއެކެވެ. އެއީ ސެންޓާލޭން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ކުޅުއްދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގައި ޔޫތު ތާޑް ސްޕޭސް ބިނާކުމުރުގެ މަސައްކަތެވެ.