ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ އެ ދަތުރުފުޅުގައި ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ސަރަހައްދީ ތަރައްގީއަށް ރައްޔިތުން ދެކޭ ތަސައްވުރު އޮޅުންފިލުއްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ އެ ދަތުރުފުޅުގައި ފުވައްމުލަކުގައި ތައުލީމާއި ސިއްހަތާއި ބޯހިޔާވަހިކަމާއި ދަތުރުފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުހަލާތައް ފައްޓަވައިދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން އައްޑޫގައި ކުޅިވަރާއި ހަށިހެޔޮކަމާއި ތައުލީމާއި ސިއްހަތާއި އުމްރާނީ ތަރައްގީއާއި ދީނީ ވަހުދަތު އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ހިންގެވުމަށް ނިންމަވާފައިވާ ގިނަ އަދަދެއްގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވައިދެއްވައިފައިވާ ކަމަށެވެ.
ރައީސްގެ ދަތުރުފުޅުގައި ވަނީ، ދިވެހި ގައުމީ ދިފާއީ ބާރުގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަންވެސް ހުޅުއްވައިދެއްވައިފައެވެ.
ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު