އައްޑޫ ސިޓީގެ ގުޅިފައިވާ ތިން ރަށެއްގައި ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއު ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

ހައުސިން ޔުނިޓުތައް ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ފޭދޫގައި 50 ހައުސިން ޔުނިޓް، މަރަދޫގައި 50 ހައުސިން ޔުނިޓް އަދި ހިތަދޫގައި 100 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ.

އެ ރަށްރަށުގައި ހައުސިން ޔުނިޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން ހައުސިން އެެންޑް އިފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.