ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫފައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިއެވެ.
މި ދެ ރަށުގައިވެސް ޕާސްޕޯޓުގެ ހިދުމަތް ދޭން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ރަށްތަކަށް ކުރައްވަމުންގެންދެވި ދަތުރުފުޅުގައި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލުގައި ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފައްޓަވައިދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތަކެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ގާއިމުކޮށް ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ގައެވެ.
ފާތިމަތު ލިއުޝާ
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް