އައިއެސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް 9.9 މިލިޔަން ރުފިޔާ ދައްކަން ސިވިލްކޯޓުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހުކުމްކޮށްފިއެވެ.
މިއީ މިއީ އައިއެސް ގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ވިއްކި މުދަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދީ ހުރި، 10.7 މިލިޔަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށާއި މި ފައިސާ ނުދީގެން މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހުމުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 30،000 ރުފިޔާ ޝަރީއަތުން ހޯދައިދިނުމަށް އެދި ފެނަކައިގެ މައްޗަށް ހުށަހެޅުމުން ސިވިލްކޯޓުން ބެލި މައްސަލައެވެ.
މި މައްސަަލައިގައި އައިއެސްއިން ބުނެފައިވަނީ މި ފައިސާ އަކީ ފެނަކައަށް ފޮނުވާފައިވާ 27 އިންވޮއިސްއަކަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.
މި މައްސަލައިގެ ދައުވާ އިއްވުމުން ފެނަކައިން ބުނީ މި ދައުވާގައި އައިއެސްގެ ގެ ފަރާތުން ވަކި ވަކި ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމަށާއި، ޖުމްލަކޮށް މުޅި ދައުވާއަށް އިންކާރުކުރާ ކަމަށެވެ. އަދި އެ ދައުވާގައި އައިސްއިން ފާހަގަކޮފައިވާ ކަންކަމަކީ ހަގީގަތާ އެއްގޮތް ކަންކަން ނޫން ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ފެނަކައިގެ ކިބައިން ނަގައިދިނުމަށް އައިއެސް އިން އެދިފައިވާ ފައިސާ ނަގައިދޭންޖެހޭ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ފެނަކައިން ބުނެފައިވަނީ އައިއެސްއިން ހޯދަން އެދުނު ފައިސާއަކީ ފެނަކައާ އެފަރާތާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާގޮތާ ހިލާފަށް ހޯދަން ހުށަހަޅާފައިވާ ފައިސާއަކަށްވާތީ، އެ ފައިސާ ފެނަކައިގެ ކިބައިން ނަގައިދޭންޖެހޭ ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
ނަމަވެސް މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި، އައިއެސް އިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން އަށް މިލިޔަން ރުފިޔާ އަށް އެއްބަސްވާކަމަށް ފެނަކައިން ބުންޏެވެ. އަދި ފައިސާގެ ބާކީ އަދަދަށް އިންކާރުކުރާ ސަަބަބަކީ އައިއެސް އިން ހިދުމަތް ފޯރުކޮށްދިނީ އެ މުދާ ފޯރުކޮށްދޭންޖެހޭ ތާރީހަށްވުރެ ފަހުން ކަމަށްވާތީ ބާކީ ފައިސާއަކީ ފެނަކައިން ދޭންނުޖެހޭ ފައިސާއެއްކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގައި ކޯޓުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު މިދިޔަ ބުރާސް ފަތި ދުވަހު ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ހިމަނައިގެން ޖުމްލަ 9.9 މިލިޔަން ރުފިޔާ އަކީ ފެނަކައިން އައިއެސްއަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑަައަޅާ ކަމަށެވެ. އަދި އެ 9.9 މިލިޔަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި، 30 ނޮވެމްބަރުގެ ކުރިން އައިއެސްއަށް ދައްކައި ހަލާސްކުރުމަށް ފެނަކައަށް އަންގައި އަމުރު ކުރާ ކަމަށްވެސް ހުކުމްގައިވެއެވެ.
އިބްރާހިމް ޒަކީ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި